އެމްޓީީީސީސީ ޓަވަރ- އެމްޓީސީސީއަކީ ސަރުކާރާ ރައްޔިތުން ހިއްސާވާ ރާއްޖޭގެ އެންމެ ދުވަސްވީ ކުންފުނި
އެމްޓީީީސީސީ ޓަވަރ- އެމްޓީސީސީއަކީ ސަރުކާރާ ރައްޔިތުން ހިއްސާވާ ރާއްޖޭގެ އެންމެ ދުވަސްވީ ކުންފުނި
ވިލިމާލޭ ފެރީ ޓާމިނަލުގައި މަސައްކަތްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީ ގެ ދިވެހި މުވައްޒަފަކު މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ހާމަކުރައްވާފައެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ މިއަދު މެންދުރެއްހާއިރު ކަމަށާއި ބައްޔަށް ޕޮޒިޓިވްވީ، ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދިއުމުން ކޮވިޑަށް ޓެސްޓުކުރުމުން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި އެ މުވައްޒަފުގެ އިތުރުން އެ މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓުވެފައިވާ ހުރިހާ މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް މިއަދު ބަދަލުކޮށްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ޑިސްއިންފެކްޓްކޮށް ނިމުމުން ޓާމިނަލްގެ ހިދުމަތްތައް ކުރިއެކޭވެސް އެއްފަދައިން ދޭން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ފްރޮންޓްލައިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އުސޫލަކަށް އަމަލުކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި އެމްޓީސީސީން ފޯރުކޮށްދޭ އާންމު ފެރީ، ސްޕީޑް ފެރީ، މެޓްރޯ ބަސް އަދި ޕްރައިވެޓް ހަޔާ ހިދުމަތުގައި މަސައްކަތްކުރާ ޕްރަންޓްލައިން މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 618 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 20 މީހަކު ރަނގަޅުވެފައިވާ އިރު، ދެ މީހަކު ވަނީ މަރުވެފައެވެ. މިއަދު އެކަނިވެސް 45 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން