ތަފާތު ފީޗަރ ތަކަކާއެކު ބޭންކް އޮފް މޯލްޑިވްސްގެ އައު މޯބައިލް ބޭންކިންގ އެޕް ތައާރަފްކޮށްފިއެވެ.
ބީއެމްއެލްގެ މޮބައިލް ބޭންކިން އެޕަށް ބަދަލު ގެނެސް އިތުރު ފީޗަރސްތަކާއެކު ތައާރަފްކޮށްފައިވަނީ މިއަދުއެވެ. މި އެޕަށް ބަދަލުތައް ގެނެސްފައިވަނީ ފައިސާގެ ހުރިހާ މުއާމަލާތްތަކެއް ގޭގައި ތިބެގެން ފަސޭހައިން ކުރެވޭނެމަގު ތަނަވަސް ކޮށްދިނުމަށާއި، ފަސޭހަކަމާއެކު ބޭންކިންގެ ޚިދުމަތް އެންމެ ރައްކާތެރިކަމާއެކު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
މި އެޕްގައި އަލަށް ތަޢާރަފްކޮށްފައިވާ ފީޗާސް ތަކުގެ ތެރޭގައި ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފަރ ކުރެވޭ ކުއިކް ޕޭ އާއި ފައިސާ ޓްރާންސްފަރކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތާއި ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތާއި ޕަރސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް މިހާރު ބޭނުންކުރެވޭނެއެވެ. މީގެއިތުރުން ބޭންކިންގ ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑް ކުރުމާއި، ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން ފަދަ މުހިންމު ޚިދުމަތްތައް މިފަހަރު ހިމަނާފައި ވެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އައު އެޕް މިއަދު ތައާރަފް ކުރެވިގެންދިޔުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. ކުރިޔަށް އޮތް ހަފުތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން ފީޗާރސްތައް އިތުރުކުރާނެކަމަށްވެސް ސޯޔަރ ވިދާޅުވެފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން 2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް ތައާރަފްކުރި މޯބައިލް ބޭންކިންގެ ޚިދުމަތައް ބޭންކުގެ ކަސްތަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ބޭންކުން ބުނެއެވެ. އަދި ބޭންކުގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރު އޮންލައިން ބޭންކިންގއަށް ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް ބީއެމްއެލުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު