ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކޮށްފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެމަތިން ހިިދުމަތްދިނުމަށްޓަކައި 20 ޖޫން 2021 އިން ފެށިގެން 24 ޖޫން 2021 އާ ހަމަޔަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވައިގެން މަސައްކަތްކުރާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލުން ބުނީ ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް މި މުއްދަތުގައި ބަންދުވާނެ ކަމަށެވެ. ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވާނެ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރަމުގެ ހިދުމަތްދެމުންދާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00އިން ފެށިގެން 2:00 އަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބޭންކުން ބުނެފައި ވެއެވެ.

އެ ދުވަސް ތަކުގައިވެސް ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށާއި އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.

މެދުނުކެނޑި ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގެ ގޮތުން ހަފުތާގެ މަސައްކަތު ދުވަސްތަކުގައި (ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ހަަމަޖެހިފައިވާއިރު މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ބީއެމްއެލުން އިތުރަށް ބުނީ އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުމުގެ ހިދުމަތްވެސް ލިބޭނެ ކަަމަށެވެ.

ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު އައު ފީޗާރސްތަކާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު މޯބައިލް ބޭންކިން އެޕް މިއަދު ވަނީ ތައާރަފުކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އަައު އެޕް ތައާރަފް ކުރެވިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ލިބޭ އުފަލެއް ކަމަށެވެ. އަލަށް ތައާރަފް ކުރެވުނު މި އެޕްގައި ކުރިން ހަމައެކަނި އިންޓަރނެޓް ބޭންކިން ޕްލެޓްފޯމް މެދުވެރިކޮށް ލިބެމުންދާ ޚިދުމަތްތައް ހިމެނިފައިވާނެ ކަމަށާއި، ކުރިޔަށް އޮތް ހަފުތާތަކުގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާރސްތައް ތައާރަފް ކުރެވޭނެ ކަމަށްވެސް ޓިމް ސޯޔަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން