ހެރެތެރެ ރިސޯޓަށް ކަރަންޓީނަށް ގެންދިޔަ މީހުންގެ ތެރެއިން ފަސް މީހަކު ފިލައިފިއެވެ.
ހެރެތެރަ ރިސޯޓު ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން ދިވެހި ފަސް ފިރިހެނަކު ފިލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު އިރުއޮއްސެނިކޮށެވެ.
މިއަދު ފިލި ފަސް މީހުންގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާއިރު އެމީހާ ފެނުނީ ކޮން ތަނަކުންކަމެއް ފުލުހުން ނުބުނެއެވެ. ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓީން ފެސިލިޓީން ފިލާފައިވަނީ ފުވައްމުލައް ސިޓީގެ 3 މީހުންނާއި، އައްޑޫ ސިޓީއަށް ނިސްބަތްވާ 2 މީހުންނެވެ.
ކޯވިޑް-19 އާ ގުޅިގެން ކަރަންޓީން ވުމަށް ދެކޮޅު ހަދާ މީހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގެންދަނީ ކަރަންޓީނަށް ގެންދަމުންނެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީ ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކަރަންޓީން ފެސިލިޓީއަކުން ބަޔަކު މަދުވެފައިވޭތޯ ކަށަވަރު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު