ސަރުކާރުގެ މައި ހޮސްޕިޓަލް، އައި ޖީ އެމް އެޗް
ސަރުކާރުގެ މައި ހޮސްޕިޓަލް، އައި ޖީ އެމް އެޗް
މިއަދު ކޯވިޑް-19 އަށް ޕޮޒިޓީވްވި މީހުންގެ ތެރޭގައި އައިޖީއެމްއެޗަށް ވިހަން ދިޔަ މާބަނޑު މީހަކު ހިމެނޭކަން ކަށވަރުވެއްޖެއެވެ.

މިއީ ދުވަސްފުރާ ވިހަން ކައިރިވެފައި ހުރި މީހަކު ޕޮަޒިޓިވްކަން އެނގުނު ފުރަތަމަ ފަހަރެވެ. އޭނާ ޕޮޒިޓިވް ވިކަން އެނގުނު ނަމަވެސް އޭނާ ކޮންޓެކްޓްވި ގޮތެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. އެޗްޕީއޭއިން އަދި މި މައުލޫމާތު ހިއްސާއެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެމީހާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ޓްރީޓޮޕަކީ މިހާރު ކޯވިޑް-19 އަށް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަމަޖައްސާފައިވާ ހޮސްޕިޓަލެކެވެ.

މިއަދު ރާއްޖެއިން 44 މީހަކު ޕޮޒިޓިވްވެފައި ވާއިރު މީގެތެރޭގައި 8 ދިވެއްސަކު ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން