އެކި ބޭނުންތަކަށް މާލެ އައިސް ތިބި މީހުންގެ ތެރެއިން މާލޭގެ ލޮކްޑައުންއާ ގުޅިގެން ރަށްރަށަށް ނުދެވިތިބި މީހުންގެ ތެރެއިން 42 މީހަކު އެމީހުންގެ ރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިމީހުން ރަށައް ފޮނުވުމަށްޓަކައި މިހާރު 14 ދުވަހަށް ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާކަމަށެވެ. އަދި 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު ކޯވިޑް-19 އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ އެމީހުން ރަށައް ފޮނުވާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ވަނީ ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ފޮނުވުމުގައި ޢަމަލު ކުރާނެ އުޞޫލެއް އެކުލައި އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު