ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އެންމެންގެ ހާލުވެސް މިވަގުތު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިވަގުތު ފަސް މީހަކު އެބަތިބި ކަމަށެވެ.
"ޑީއެޗް 11ގައި މިހާރު ތިބީ ފަސް މީހަކު. އޭގެ ތެރެއިން އެކަކު އެއީ 58 އަހަރުގެ އަންހެނެއް. އޭނާގެ ހާލަތު ރަނގަޅުވުމުން މިހާރު ވަނީ އެފްއައިއެފްއަށް ބަދަލުކުރެވިފައި. މިހާރު އެތަނުގައި ތިބި މީހުންގެ ތެރެއިން 88 އަހަރުގެ ފިރިހެނަކުވޭ އޮކްސިޖަންގައި. އަދި 48 އަހަރުގެ ބިދޭސީ ފިރިހެން މީހާގެ ހާލަތު ރަނގަޅު. މީގެ އިތުރުން 80 އަހަރުގެ އަންހެނެއް، އޭނާގެ ހާލަތު ވެސް ރަނގަޅު." ޑޮކްޓަރ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ވެންޓިލޭޓަރުގައި ދެ ފިރިހެނަކަށް ފަރުވާދެމުން އަންނަ ކަމަށާއި އެއީ 70 އަހަރުގެ މީހަކާއި 88 އަހަރުގެ މީހެއް ކަމަށެވެ.
މިހާތަނަށް ރާއްޖެއިން 618 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، 20 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު