އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވް ކަތުރޯންކީ ކިލާޅީގެ އެޕިސޯޑެއް ހުށައަޅައިދިނުމަށް 49 ލައްކަ އިންޑިއަން ރުޕީސް، ރޯހިތު ޝެޓީއައް ލިބޭކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެކިކަހަލަ ހުނަރު ދައްކުވައިދޭ ޗެލެންޖުތަކުން ފުރިގެންވާ މިޝޯގެ 11 ވަނަ ސީޒަން މިއަހަރު ކުރިއަށް ދާއިރު، މިއަހަރުގެ ޝޯވެސް ހުށައަޅައިދެމުންދަނީ އިންޑިއާގެ މަޝްހޫރު ފިލްމު ޑިރެކްޓަރ ރޯހިތު ޝެޓީއެވެ. މިއީ ރޯހިތު މިޝޯވް ހުޝައަޅައިދޭތާ ޖެހިޖެހިގެން ހަތަރުވަނަ އަހަރެވެ. ކަތުރޯންކީ ކިލާޅީގެ ފަސް ސީޒަނެއް ފިޔަވާ ހުރިހާ ސީޒަނެއްވެސް ހުށައަޅައިދީފައިވަނީ ރޯހިތު ޝެޓީއެވެ.

މިހާގިނަ ދުވަހު ކަތުރޯންކީ ކިލާޅީ ހުށައަޅައިދިން ރޯހިތު ޝެޓީއަށް މިއަހަރުގެ ސީޒަނުގައި، ކޮންމެ އެޕިސޯޑެއް ހުށައަޅައިދިނުމަށް 49 ލައްކަ އިންޑިއަން ރުޕީސް ލިބޭކަމަށް މަޢުލޫމާތު ލިބިފައިވާއިރު، މިޝޯގެ ބައިވެރިންނަށްވެސް ލައްކައިން ކޮންމެ އެޕިސޯޑަކަށްވެސް ލާރިލިބޭކަމަށްވެއެވެ. މިޝޯގެ ބައިވެރިންގެ ތެރެއިން ރާހުލް ވާދިޔާއަށް 15 ލައްކަ އިންޑިއަން ރުޕީސް ކޮންމެ އެޕިސޯޑަކުން ލިބޭއިރު، ދިވްޔަންކާ ޓްރިޕާޓީއަށް ކޮންމެ އެޕިސޯޑަކުން 10 ލައްކަ އިންޑިއަން ރުޕީސް ލިބެއެވެ. މިއާއެކު މިދެތަރިންވެގެންދަނީ މިޝޯގެ ބައިވެރިންގެ ތެރެއިން ކޮންމެ އެޕިސޯޑަކުންވެސް އެންމެ ގިނަ ފައިސާ ލިބޭ ދެތަރިންނަށެވެ.

މިޝޯގެ ބައިވެރިންގެ ތެރެއިން އެންމެ ކުޑަ އަގެއް ދޭ ފަރާތަށްވެސް ކޮންމެ އެޕިސޯޑަކުން ލައްކައެއް ލިބޭކަމަށްވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން