ސޮނޭވާ ޖާރނީ ރިސޯޓް
ސޮނޭވާ ޖާރނީ ރިސޯޓް
ސޮނޭވާ ޖާރނީ ރިސޯޓުގެ މުވައްޒަފަކު މޫދަށްވެއްޓި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ މިރޭ 8:30 ހާއިރު ނ. ސޮނޭވާ ޖާރނީ ރިސޯޓުގައި މަސައްކަތްކުރާ މީހަކު މަރުވެފައި އޮއްވައި ފެނިފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކީ ސޮނޭވާ ޖާރނީ ރިސޯޓުގެ މުވައްޒަފަކު އެ ރިސޯޓުގެ ވިލާއެއްގައި މަސައްކަތްކުރަނިކޮށް މޫދަށް ވެއްޓި މަރުވެފައި އޮއްވައި ފެނިފައިވާ މައްސަލަ ކަމަށާއި، މަރުވެފައިވަނީ ބަންގުލަދޭޝްގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން