ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީން ފިލި ފަސް މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން ފިލާފައިވާ ފަސް މީހުންގެ ތެރެއިން ތިން މީހަކު ހޯދައި، ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ފެސިލިޓީން ފިލާފައިވަނީ ދިވެހި ފަސް ފިރިހެނެކެވެ. އެމީހުން ފިލި މައްސަލަ ހުށަހަޅާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ ކަރަންޓީން މަރުކަޒުން ފިލާފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ 3 މީހަކާއި، އައްޑޫ ސިޓީއަށް ނިސްބަތްވާ ދެ މީހުންނެވެ.
ކޯވިޑް-19 އާ ގުޅިގެން ކަރަންޓީން ވުމަށް ދެކޮޅު ހަދާ މީހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގެންދަނީ ކަރަންޓީނަށް ގެންދަމުންނެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީ ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކަރަންޓީން ފެސިލިޓީން ފިލާ މީހުންގެ މަޢުލޫމާތު ޢާއްމު ކުރުމަށް ވިސްނަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު