ފެމިލީ ކޯޓް
ފެމިލީ ކޯޓް
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމުގެ ފުރަތަމަ ތަޖުރިބާ ވަރަށް ކާމިޔާބު ކަމަށް ކޯޓުން ހާމަކޮށްފިއެވެ.

ފެމިލީ ކޯޓުން ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުރަތަމަ ކުރި މި ކައިވެންޏަކީ ރުޖޫއަ ކައިވެންޏެކެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސްކޮށް ކައިވެނި ކުރެވޭނެ ކަމަށް ކަނޑައަޅައި އެކަމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ފެމިލީ ކޯޓުން ނެރުނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މިއަދު ހަވީރު ކުރި މި ކައިވެނީގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ދިޔަ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ. އެގޮތުން އިންޓަނެޓް ނެޓްވޯކްގެ އެއްވެސް މައްސަލައެއް ނެތި، އޮންލައިން ފުރަތަމަ ކައިވެނި ކުރެވިފައިވާކަމަށް ކޯޓުން މަޢުލޫމާތުދެއެވެ.

އޮންލައިންކޮށް ކައިވެނި ކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން ކައިވެނި ކުރުމުގެ ކުރިން ކޯޓުން ދޭ ކައިވެނީގެ އިގުރާރުގައި ކައިވެނި ކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ދެ ހެކިވެރިން ސޮއި ކުރަން ޖެހެ އެވެ. އާންމުކޮށް ކައިވެނި ކުރާއިރު އެކަންތައްތައް ކުރަނީ ކައިވެނީގެ މަޖިލީހުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން