އައްޑޫ ކެނަރީފް ރިސޯޓް ކަރަންޓީން ފެސިލިޓީން އިއްޔެ ފިލި އެންމެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، ފިލި ފަސް މީހުން ވެސް މިހާރު ހައްޔަރުކޮށް، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ކެނަރީފް ކަރަންޓީނު ފެސިލިޓީން ފިލީ ފަސް ފިރިހެނެކެވެ. އޭގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރީ ރޭގައެވެ. ބާކީ ދެ މީހުން ހައްޔަރުކުރީ ރޭ ފަތިހުއެވެ. އެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މިއީ، ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައްޑޫގެ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ކެނަރީފްގެ އިތުރުން ގަމުގައި ހިންގާ ގެސްޓް ހައުސް، ދޫގަހާއި މަރަދޫފޭދޫ ވޭވް ސައުންޑް ގެސްޓް ހައުސްއެވެ.
ކޯވިޑް-19 އާ ގުޅިގެން ކަރަންޓީން ވުމަށް ދެކޮޅު ހަދާ މީހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދަނީ ކަރަންޓީނަށް ގެންދަމުންނެވެ. އަދި ޓާސްކްފޯސްތަކުގެ ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދާ މީހުންވެސް ދަނީ ހައްޔަރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު