މާލޭގެ ބައެއް މިސްކިތްތަކުގައި މިއަދު ޖަމާޢަތުގައި ހުކުރު ނަމާދު ކޮށްފިއެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑް-19 ފެތުރެމުން ދާތީ އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައެވެ. ނަމަވެސް މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި މިއަދު ވަނީ ޚުތުބާ ކިއުމަށްފަހު ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގެ އެންގުމާ ޚިލާފަށް ޖަމާޢަތުގައި މިއަދު ހުކުރުނަމާދު ކުރި ނަމަވެސް އެކަމާމެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މިސްކިތްތަކުގައި މިއަދު ހުކުރު ނަމާދު ޖަމާޢަތުގައި ކޮށްފައިވާއިރު އެކަމާ ގުޅިގެން ފުލުހުންވެޒް އަދި އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު