އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް މަގަރް
އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް މަގަރް
ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިޔުމަށް އަންނަ ފުރަތަމަ މަނަވަރު މިއަދު ރާއްޖެއަށް އައިސްފިއެވެ.

މިއީ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން މީހުން ގައުމަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މީހުން ގެންދިއުމަށް އައި މަނަވަރެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުންޏެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ 27،000 ވަރަކަށް މީހުންގެ ތެރެއިން މި މަނަވަރުގައި 700 އެއްހާ މީހުން އެނބުރި ދާނެއެވެ.

ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ގެންދިއުމުގެ އޮޕަރޭޝަނުގެ ދަށުން ރާއްޖެއަށް ދެ މަނަވަރެއް އައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފުރަތަމަ މަނަވަރު "އައިއެންއެސް ޖަލަޝްވާ" މިއަދުގެ ވަގުތެއްގައި ވަނީ ރާއްޖެ އައިސްފައެވެ. ދެ ވަނަ މަނަވަރަކަށް ރާއްޖެ އަންނާނީ "އައިއެންއެސް މަގަރު"އެވެ.

ރާއްޖެއިން އިންޑިއާއަށް ގެންދާ މީހުން އެންމެ ފުރަތަމަ ގެންދާނީ ކޮޗިންއަށެވެ. އަދި ކޮޗިންގަައި 14 ދުވަހަށް އެމީހުން ކަރަންޓީން ކުރާއިރު އެ ފެސިލިޓީތަކަށް ފައިސާ ދައްކަން ޖެހޭނީ އެމީހުން އަމިއްލަ އަށް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

އިންޑިއާއިން ވަނީ މީގެކުރިން ވެސް ޗައިނާ، އިޓަލީ، އިރާން، އަފްޣާނިސްތާން، މެލޭޝިޔާ އަދި ޖަޕާނުގައި ތިބި އެ ގައުމުގެ ރައްޔިތުން އެ ގައުމުތަކުން ނެރެފައެވެ.

ރާއްޖެއިން މިހާތަނަށް 618 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 54 މީހަކު ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން