ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އެންމެ ރަނގަޅު ގޮތަކީ ލަސްނުކޮށް ޖަމާޢަތުގައި ނަމާދު ކުރަން ފެށުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑް-19 ފެތުރެމުން ދާތީ އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައެވެ. ނަމަވެސް ވަކިވަކިން މިސްކިތްތަކުގައި ނަމާދު ކުރުމަށް ހުރަހެއް ނެތްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ކޮވިޑާ ގުޅިގެން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ދެމުންއަންނަ ލުއިތަކުގެ ދަށުން މިސްކިތްތަކުގައި އަލުން ޖަމާޢަތް ފެށުމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަން ފަށާފައެވެ.

މާލޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލްވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާތީ، އެކަމާ ގުޅިގެން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރު ކަންވެސް ކުރެއްވި ޑރ. ޝަހީމް ވިދާޅުވީ މާތް ﷲ ގެ ރަހުމަތް ފުޅުން މިވަގުތު މާލޭގެ ހާލަތު ރަނގަޅު ވަމުން ދިއުމާއިއެކު އެންމެ ރަނގަޅު ގޮތަކީ ލަސްނުކޮށް މިސްކިތްތަކުގެ ޖަމާއަތް ފެށުން ކަމަށް ދެކެވަަޑައިގަންނަވާ ކަމަށެވެ.

"ގިނަ ދުވަސް ވަންދެން މިސްކިތްތައް ބަންދުކޮށް ޖަމާއަތް މެދުކަނޑާލާފަ ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫން." ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް ނަމަވެސް މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި މިދިޔަ ހުކުރު ދުވަހު ވަނީ ޚުތުބާ ކިޔައި ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފައެވެ. އިސްލާމިކް މިނިސްޓްރީގެ އެންގުމާ ޚިލާފަށް ޖަމާޢަތުގައި ހުކުރުނަމާދު ކުރި ނަމަވެސް އެކަމާމެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން