ޟައީފް ޙަދީސެއްގެ މައްޗަށް ބުރަވެ އަންހެންކުދިން ޚިތާނު ކުރުމަށް ވަކާލާތު ކުރުމުގައި އޮތް ފައިދާ އަކީ ކޮބައިކަމާމެދު ސުވާލު އުފެދޭކަމަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޑީން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.
ޑރ. ޒަކަރިއްޔާ މި މޭރުމުން ވިދާޅުވެފައި މިވަނީ، އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ނެތް ކަމެއް ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. އިޔާޒް ވިދާޅުވެފައިވަނިކޮށެވެ. މިމައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެ ބޮޑު ބަހުސަކަށް ހުޅުވިފައެވެ. ޑރ. އިޔާޒު އެގޮތަށް ވިދާޅުވި ނަމަވެސް އަންހެން ކުދިން ޚިތާނު ކުރުމަކީ އޭނާވެސް ތައީދުކުރަށްވާ ކަމެއް ނޫންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޝަރީޢަތް ހުއްދަކުރާ ހެޔޮ ކަމެއްގައި ޟައީފް ދަލީލު ޙުއްޖަތަކަށްވީ ނަމަވެސް، އެއްވެސް ފައިދާއެއް ނެތް ކަންކަމުގައި، ޟަޢީފު ދަލީލެއް ކަމާމެދު ސުވާލު އުފެދިފައިވާ ދަލީލެއްގެ މައްޗަށް ބުރަވުމުގެ ފައިދާއާމެދު ޑރ. ޒަކަރިއްޔާ ވަނީ ސުވާލު އުފައްދަވާފައެވެ.
ޑރ. ޒަކަރިއްޔާ ވިދާޅުވީ، "ސުވާލު އުފެދިފައިވާ ދަލީލެއްގެ މައްޗަށް ބުރަވެ އަންހެންކުދިން ޚިތާނު ކުރުމަށް ވަކާލާތު ކުރުމުގައި އޮތް ފައިދާ އަކީ ކޮބައިތޯ ސުވާލު އުފެދޭ" ކަމަށެވެ.
މި މައްސަލާގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެފައިވަނީ އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޙަ ޝަރްޢީ ދަލީލަކުން އެކަން ސާބިތުވާން އޮތްނަމަ ކަމަށާއި، އިސްލާމް ދީނުގައި އަންހެންކުދިން ޚިތާނު ކުރުމަކީ އޮންނަ ކަމެއް ނޫންކަމަށެވެ. އަންހެންކުދިން ޚިތާންކުރުން ހުއްދަކުރާ ދަލީލެއް ކީރިތި ޤުރްއާނުގައިވެސް އަދި ޞައްޙަ ޙަދީސެއްގައިވެސް ނެތްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިބްނުލް މުންޒިރު ވިދާޅުވެފައިވާ ކަމަށް މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީއިން މަތީތައުލީމް ހާސިލްކުރައްވާފައިވާ، ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވީ، އަންހެން ކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުއުކުރައްވާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގައި ކަމެއް އޮންނަ ކަމަށް ނިންމޭނީ ޝަރުޢީ ސައްހަ ހަރުދަނާ ދަލީލުތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ޑރ. ޝަހީމް ވެސް ވިދާޅުވިއެވެ.
އަންހެން ކުދިން ހިތާނުކުރުމާ އެއްކޮޅަށް ޑރ. އިޔާޒް ސޯޝަލް މީޑިއާގައި ވާހަަކަ ދައްކަވަމުން ގެންދަވާ ކަމަށްބުނެ އޭނާއާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އެމްޑީޕީގެ މެންބަރަކު ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ އެއްވެސް ހުށައަޅާފައެވެ.

Shariah hudda kura heyo kameh gai zaeef dhaleelu hujjathakah viyas evves faidha eh neh kankamugai zaeef dhaleeleh kama medhu suvaalu ufedhifaivaa dhaleeleh ge machah burave anhenkudhin khithaanu kurumah vakaalaathu kurumugai oyi faidha akee kobaitho suvaalu ufedhe eve
— ibrahim Zakariyya Moosa (@MoosaZakariyya) June 27, 2021
މި މައްސަލާގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެފައިވަނީ އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޙަ ޝަރްޢީ ދަލީލަކުން އެކަން ސާބިތުވާން އޮތްނަމަ ކަމަށާއި، އިސްލާމް ދީނުގައި އަންހެންކުދިން ޚިތާނު ކުރުމަކީ އޮންނަ ކަމެއް ނޫންކަމަށެވެ. އަންހެންކުދިން ޚިތާންކުރުން ހުއްދަކުރާ ދަލީލެއް ކީރިތި ޤުރްއާނުގައިވެސް އަދި ޞައްޙަ ޙަދީސެއްގައިވެސް ނެތްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިބްނުލް މުންޒިރު ވިދާޅުވެފައިވާ ކަމަށް މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީއިން މަތީތައުލީމް ހާސިލްކުރައްވާފައިވާ، ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވީ، އަންހެން ކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުއުކުރައްވާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގައި ކަމެއް އޮންނަ ކަމަށް ނިންމޭނީ ޝަރުޢީ ސައްހަ ހަރުދަނާ ދަލީލުތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ޑރ. ޝަހީމް ވެސް ވިދާޅުވިއެވެ.
އަންހެން ކުދިން ހިތާނުކުރުމާ އެއްކޮޅަށް ޑރ. އިޔާޒް ސޯޝަލް މީޑިއާގައި ވާހަަކަ ދައްކަވަމުން ގެންދަވާ ކަމަށްބުނެ އޭނާއާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އެމްޑީޕީގެ މެންބަރަކު ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލަ އެއްވެސް ހުށައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު