އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
އަންހެނުން ހިތާނު ކުރުމާމެދު ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާއަކަށް އިސްލާމިކް މިނިސްޓްރީން މިއަދު އެދިއްޖެއެވެ.

އަންހެނުން ހިތާނު ކުރުމާއި ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކަށް އިސްލާމިކް މިނިސްޓްރީން އެދިފައި މިވަނީ، މިފަހަކަށް އައިސް އަންހެނުން ހިތާނު ކުރުމާމެދު ބައެއް ދީނީ ޢިލްމްވެރިންނާއި އަމިއްލަ ފަރުދުންގެ މެދުގައި ވަރުގަދަ ބަހުސް ތަކެއް ހިނގައި ޚިޔާލުތަފާތުވުންތަކެއް ހިނގަމުންދާތީއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މިއަދު ވިދާޅުވެފައިވަނީ އެކަމުގައި އެއްޗެއް ވިދާޅުވާނީ ފަތުވާ މަޖިލީހުގެ ރައުޔަކަށް ފަހު ކަމަށެވެ. ރާއްޖޭގެ އިސްލާމީ ފަތުވާ މަޖިލީހުގެ ރައީސް ޝައިޚް މުހައްމަދު ރަޝީދު އިބްރާހިމާއި ޙަވާލާދީ ބައެއް މީޑިއާތަކުން މިއަދު ބުނެފައިވަނީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ގުޅުއްވައި އެދިވަޑައިގަތުމުން އެކަމުގައި ފަތުވާއެއް ނެރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށާއި، އެ މަސައްކަތް މި ހަފްތާ ނިމުމުގެ ކުރިން ނިންމެވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލާގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެފައިވަނީ އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޙަ ޝަރްޢީ ދަލީލަކުން އެކަން ސާބިތުވާން އޮތްނަމަ ކަމަށާއި، އިސްލާމް ދީނުގައި އަންހެންކުދިން ޚިތާނު ކުރުމަކީ އޮންނަ ކަމެއް ނޫންކަމަށެވެ. އަންހެންކުދިން ޚިތާންކުރުން ހުއްދަކުރާ ދަލީލެއް ކީރިތި ޤުރްއާނުގައިވެސް އަދި ޞައްޙަ ޙަދީސެއްގައިވެސް ނެތްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިބްނުލް މުންޒިރު ވިދާޅުވެފައިވާ ކަމަށް މިސްރުގެ އަލް އަޒުހަރު ޔުނިވަސިޓީއިން މަތީތައުލީމް ހާސިލްކުރައްވާފައިވާ، ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވެސް ވިދާޅުވީ، އަންހެން ކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުއުކުރައްވާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގައި ކަމެއް އޮންނަ ކަމަށް ނިންމޭނީ ޝަރުޢީ ސައްހަ ހަރުދަނާ ދަލީލުތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ޑރ. ޝަހީމް ވެސް ވިދާޅުވިއެވެ.

މިފަހަރު މިބަހުސް ފެށިފައި ވަނީ އިސްލާމް ދީނުގެ އިލްމްރެއިޔާ ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެޓްވީޓްގައި އިޔާޒު ވަނީ އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރު ދެއްވާފައި ކަމަށް ބުނެ އެމައްސަލަ އެމްޑީޕީގެ މެންބަރަކު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅުއްވާފައެވެ،



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން