ނަފްރަތު ނައްތާލަން ބޭނުން ނަމަ އެންމެ ފުރަތަމަ ޖެހޭނީ އަދުލުވެރިވާން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައި މިވަނީ، އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކަވާ ކަމަށްބުނެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުކަން ވެސް ކުރައްވާ ޑރ. އިޔާޒްގެ މައްސަލަ އެ ޔުނިވަސިޓީއިން ބަލަން ފަށާފައި ވަނިކޮށެވެ. އަދި އެމައްސަލައިގައި ޑރ. އިޔާޒަށް ފިޔަވަޅު އަޅައިދިނުމަށް މަޖިލީހަށް މިހާރު ވަނީ މައްސަލައެއް ހުށައަޅާފައެވެ.
އެކަމާ ގުޅިގެން ޑރ. ޝަހީމް މިއަދު ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމްދީނާ ގުޅިގެން ނަފްރަތު އުފެދޭ އެންމެ ބޮޑު އަސްލަކީ ދީނަށް ފުރައްސާރަކުރުން ކަމަށެވެ. އަދި ދީނަށް ފުރައްސާރަކުރާ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އެހެންނަމަވެސް ދީނީ އިލްމުވެރިޔަކު އޭނާއަށް ފެންނަ ރައުޔެއް ބުނުމުން ބިރުދައްކަން ކަންކަންކުރާ ކަމަށާއި، ނަފްރަތު ނައްތާލަން ބޭނުން ނަމަ އަދުލުވެރިވާން ޖެހޭކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އަންހެންކުދިން ޚިތާނުކުރުމަށް ހިތްވަރުދޭ ކަމަށްބުނެ، ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ޑރ. އިޔާޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އޭނާ ވަކާލާތުކުރައްވާ އަދި ހިތްވަރުދޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އޭނާ ދެއްކި ވާހަކައެއްގެ ސަބަބުން، އިސްލާމްދީނަކީ އަންހެނުންގެ ޙައްޤުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅުނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މާފަށް އެދިވަޑައިގަންނަވާ ކަމަށް އިޔާޒު ވިދާޅުވިއެވެ.
ޑރ. އިޔާޒު ވިދާޅުވީ ފެށުނީއްސުރެ އޭނާ ދަންނަވަމުން ގެންދަވަނީ އަންހެނުން ޚިތާނުކުރުމުގެ މައްސަލައަކީ އިސްލާމް ދީނުގައި އަސްލެއް އޮތް ކަމެއްކަމުގައެވެ. އަދި އެއީ ދީނުގައި އަސްލެއް ނެތްކަމެކޭ ބުނުމަކީ އޮޅުވާލުމެއްކަމަށް އިޔާޒު ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ.

Raajjeyga dheenaa gulhigen nafrathu ufedhhey emme bodu aslaki dheenah furasaarakurun. Ein kameh ga evves fiyavalheh neylhey. Ekamaku dheenee ilmuveriyaku eynaa ah fenna rauyeh eh buneemaa biru dhakkai kankan kuranee. Nafrathu nathaalan beynun nama ebajehey adhuluverivaan
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 28, 2021
އަންހެންކުދިން ޚިތާނުކުރުމަށް ހިތްވަރުދޭ ކަމަށްބުނެ، ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ޑރ. އިޔާޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އޭނާ ވަކާލާތުކުރައްވާ އަދި ހިތްވަރުދޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އޭނާ ދެއްކި ވާހަކައެއްގެ ސަބަބުން، އިސްލާމްދީނަކީ އަންހެނުންގެ ޙައްޤުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅުނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މާފަށް އެދިވަޑައިގަންނަވާ ކަމަށް އިޔާޒު ވިދާޅުވިއެވެ.
ޑރ. އިޔާޒު ވިދާޅުވީ ފެށުނީއްސުރެ އޭނާ ދަންނަވަމުން ގެންދަވަނީ އަންހެނުން ޚިތާނުކުރުމުގެ މައްސަލައަކީ އިސްލާމް ދީނުގައި އަސްލެއް އޮތް ކަމެއްކަމުގައެވެ. އަދި އެއީ ދީނުގައި އަސްލެއް ނެތްކަމެކޭ ބުނުމަކީ އޮޅުވާލުމެއްކަމަށް އިޔާޒު ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު