ފިނޭންްސް މިނިސްޓަރ އަމީރް
ފިނޭންްސް މިނިސްޓަރ އަމީރް
ސަރުކާރު ކުންފުނިތަކުގެ އެމްޑީ އަދި ޑީއެމްޑީންގެ މުސާރައިން 32 އިންސައްތަ ކުޑަކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ބަދަލު ގެނައީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ދައުލަތުގެ މާލިއްޔަތަށް އިތުރު ބަދަލެއް ނާންނާނެތީއާއި، މާލީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

"ހަމައެކަނި ސަރުކާރަކަށް ނޫން އާމްދަނީއަށް ބަދަލު އައީ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ގެއްލުންވެއްޖެ. އެންމެންގެ ވެސް ހަރަދުތައް ކުޑަކުރެވޭނެ ގޮތްތައް ވަކިވަކިން ހުށަހެޅުމަށް މިހާރު ވަނީ އަންގާފައި. މިއީ ކޮންމެހެންކުރަން ޖެހިފައިވާ ކަމެއް. އެހެން ނޫނީ ޑްރާސްޓިކް ފިޔަވަޅުތަކެއް އަޅަން ޖެހޭ. މިހާރު އައިލެންޑް އޭވިއޭޝަނަށް ބަލާއިރު ދަތުރުތައް އޮތީ ހުއްޓިފައި. ވަރަށް ބޮޑު މުސާރައެއް ވެސް އެބަ ދެވޭ. އެހެންވީމަ މަޝްވަރާކޮށްގެން ޖެހޭ ކުޑަކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ކުންފުނިތަކުގެ ބޯޑު މެންބަރުންގެ ގޮތުގައި ތިއްބަވާތީ އެ ބޭފުޅުންނަށް ބޯޑު އެލަވަންސެއްގެ ގޮތުގައި 11،500 ރުފިޔާ މިހާރު ލިބެއެވެ. ނަމަވެސް މިހާރު ވަނީ ބޯޑު އެލަވަންސް ވެސް ކަނޑާލާފައެވެ. މިހާރު މި ގެނައި ބަދަލާއެކު ޖުމްލަކޮށް އެމްޑީންނާއި ޑީއެމްޑީންގެ މުސާރައިން 32 ޕަސެންޓް ކެނޑިގެން ދާނެއެވެ.

މި ބަދަލާއެކު ޞިއްޙީ ދާއިރާގެ މުއައްޒަފުން ފިޔަވާ، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ ގެއަށް ގެންދަންލިބޭ މުސާރަ ވަނީ ކެޕް ކުރަން ނިންމާފައެވެ. އޭގެ މާނައަކީ އަސާސީ މުސާރަ 20،000 ރުފިޔާއަށް ވުރެ ދަށް ވެއްޖެނަމަ އެމީހަކަށް ގެއަށް ގެންދަން ލިބޭނެ އެންމެ މަތީ މުސާރައަކީ އެލަވަންސް ތަކާއެކު 25،000 ރުފިޔާއެވެ. އެގޮތުން 20،000 ރުފިޔާއާ 25،000 ރުފިޔާއާ ދެމެދުގެ އަދަދަށް މުސާރަ ލިބޭ ފަރާތްތަކުގެ އަސާސީ މުސާރައިން 20 އިންސައްތަ އުނިކުރާނެއެވެ.

އަދި އަސާސީ މުސާރަ 25،000 ރުފިޔާއާއި 60،000 ރުފިޔާއާއި ދެމެދުގެ އަަދަދަކަށް މުސާރަ ލިބޭ ފަރާތްތަކުގެ އަސާސީ މުސާރައިން 30 އިންސައްތަ އުނިކުރުމަށް ވަނީ ނިންމާފައެވެ. އެ އަށް ވުރެ މަތިން މުސާރަ ލިބޭ މީހުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުދާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މަހެއްގެ މައްްޗަށް 15 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިޔާސީ ބޭފުޅުންނާއި ވަރަށް ބޮޑެތި މުސާރަތައް ލިބޭ ފަރާތްތައްވެސް އުޅޭކަމަށެވެ. އޭގެތެރެއިން ދަޢުލަތުން އިނާޔަތްލިބޭ ފަރާތްތަކުގެ ތެރެއިން ޑަބަލް ބެނެފިޓްސް ލިބޭ ބޭފުޅުންނަށް މިހާރު ލިބިވަޑައި ގަންނަވާނީ، އެބޭފުޅަކު އަދާކުރައްވާ ވަޒީފާއަކުން ލިބޭ މުސާރަ އެކަނި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


16

ފަހުމީ ސަރ

08-May-2020

ޝާހިދު ދަރި ޔޫކޭ އެމްބަސީގަ ބަހައްޓައިގެން 127 ހާސް ރުފިޔާ މަހަކަށް ޚަރަދުކުރެވޭ.. މަޖިލީހުގެ މެންބަރަކަށް 100 ހާސް ރުފިޔާ + 3 އިރު ކެއުން ދެވޭ.. އާންމުންގެ މުސާރަ ކަނޑަނީ..ކީއްވެ ހަމަ ހަމަ ކަންނެތީ.. ކަނޑަ މަޖިލީހުގެ މުސާރަވެސް.. އަދި މިގޮތަށް ނާޖާއިޒު ފައިދާގަ ވަޒީފާގަ ތިބި އެންމެ ކަނޑާލާ.. މެލޭޝިޔާ އެމްބަސީ އަކީވެސ ވާރުތަ މުދަލަށް ވެފައި.. އައްބާސް އާދިލް ރިޒާމެން ކޮންމަސަތް ކަތެއް ކުރާތީ އެތާގަ ބޮޑު މުސާރައިގަ ބައިތިއްބަނީ..



ޓްރެންޑިން