މަހޭޝް ބަޓުގެ ހިންދީ ފިލްމު އާޝިގީ 3 ގެ ރޯލެއް ކުޅެދިނުމަށް އަހާން ޝެޓީ ސޮއިކޮށްފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެއްޓީއަށް ހިންދީ ފިލްމު އާޝިގީ ވެގެން ދާނީ އޭނާ ފިލްމީ ދާއިރާއަށް ނުކުމެ ކުޅޭ ދެވަނަ ފިލްމަށެވެ.

އަހާން ބޮލީވުޑަށް ތައާރަފް ވެގެން ދާނީ މަޝްހޫރު ޑިރެކްޓަރ، ސާޖިދް ނާޑިއާ ވާލާގެ ހިންދީ ފިލްމު "ތަޅަޕް" އިންނެވެ. ތާރާ ސުތާރިއާ އާއިއެކު ލީޑް ރޯލުން ފެނިގެންދާ އަހާން ޝެޓީގެ ފިލްމު ތަޅަޕް ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިފިލްމު ރިލީޒް ނުކުރެވެނީސް އަހާން މިހާރު ވަނީ އޭނާގެ ދެވަނަ ފިލްމު، އާޝިގީ ތިނަކަށް ސޮއިކޮށްފައެވެ.

ހިންދީ ފިލްމު އާޝިގީ 3 ގެ ރޯލަކުން އަހާން ފެނިގެން ދާނީ ސީދާ ލީޑް ރޯލުން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ލޯބީގެ ރީތި ވާހަކަ ތަކެއްގެ މައްޗަށް ހެދިފައިވާ އާޝިގީގެ ފުރަތަމަ ފިލްމާއި ދެވަނަ ފިލްމެކޭ އެއްފަދައިން އާޝިގީ ތިނެއްވެސް ވެގެން ދާނީ ލޯބީގެ ރީތި ވާހަކައެއްގެ މައްޗަށް ބިނާ ކުރެވިގެންދާނެ ހިންދީ ފިލްމަކަށް ކަމަށް މަހޭޝް ބަޓުގެ ޓީމުން ހާމަކޮށްފައިވެއެވެ.

މަހޭޝް ބަޓްގެ އާޝިގީގެ ފުރަތަމަ ފިލްމުގެ ލީޑް ރޯލުން ރާހުލް ރޯއީ އަދި އަނޫ އަގަރްވާލް ފެނިގެން ދިޔަ އިރު، އެފިލްމު ރިލީޒް ކުރެވިފައިވަނީ 1990 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރު ރިލީޒް ކުރި އާޝިގީގެ ދެވަނަ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔައީ އަދިއްތިޔަ ރޯއީ ކަޕޫރް އަދި ޝްރައްދާ ކަޕޫރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން