އިކޮނަމިލް މިނިސްޓަރ ފައްޔާޒާއި ފިނޭންސް މިނިސްޓަރ އަމީރް
އިކޮނަމިލް މިނިސްޓަރ ފައްޔާޒާއި ފިނޭންސް މިނިސްޓަރ އަމީރް
ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލެވެންސް ދިނުމާއި ގުޅޭ އުސޫލުއެކުލަވާލާ މިއަދު އިއުލާނު ކުރެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވީ، މީގެ ތެރޭގައި ސެލްފް އެމްޕްލޯއިޑް ފަރާތްތަކަށް ވެސް ޝަރުތުތަކެއް ހިމަނާފައި ހުންނާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ސެލްފް އެމްޕްލޯއިޑް ފަރާތްތަކަށް މިހާރު ދެނީ 18000 ރުފިޔާގެ ލޯނެއް ކަމަށެވެ. އެހެންނަމަވެސް އެޢަދަދު 30000 ރުފިޔާ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާލެ ލޮކްޑައުނުގަ އޮތީ. ބައެއް މީހުންނަށް އަމިއްލަ މަސައްކަތް ނުކުރެވިފައި އެބަތިބި. ޓެކްސީ ދުއްވޭނެ ގޮތެއް ނެތް. ފޮޓޯގްރާފަރުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތް. އަދި ޖިމު ހިންގާ މީހުންނަށް ވެސް އެބަ ގެއްލުންވޭ. އެންމެ ބޮޑަށް ޑައިރެކްޓްކޮށް އަސަރުކުރި މީހުން. މިކަމުގައި އެންމެނަށް ވެސް އަސަރުކުރާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ތިން މަހުގެ ގްރާންޓެއް ވެސް އެބައޮތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ސްޓިމިއުލަސް ޕެކޭޖްތަކަށް ދިއުމަށް ނޭޝަނަލް ޓާސްކް ފޯސް އާ ކަމާއި ބެހޭ ފަރާތްތައް މަޝްވަރާކޮށްގެން މަސައްކަތް ކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރިލީފް ލޯނު ލިބޭނެ މީހުންގެ ގޮތުގައި އަމިއްލަ މަސައްކަތް ކުރާ މީހުން ކަމަށް ބެލެވޭނެ އެންމެ މުހިންމު މިންގަނޑަކީ، ވަޒީފާގައި އެހެން މީހުން ނުގެންގުޅޭ އަމިއްލަ މަސައްކަތަކުން އާމްދަނީއެއް ހޯދައިގެން ދިރިއުޅޭ މީހުން ކަމަށް ގަބޫލުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

ސްޓިމިއުލަސް ފެކޭޖުގެ ކަންކަން ދެން ކުރިއަށް ގެންދާނީ ރައީސް އުފެއްދެވި ޓާސްކް ފޯހުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން