މިރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މާލެ ސަރަަޙައްދުގައި ކޯވިޑް-19 ފެތުރެމުންދާތީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން މިސްކިތްތަކުގައި ޖަމަޢާތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ މިދިޔަ މެއިމަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ، ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން ދިއުމާގުޅިގެން މިރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން މާސްކް އެޅުއްވުމަށާއި، މުސައްލަ ގެންދެވުމަށާއި، އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ނޫސް ބަޔާން:ގައިދުރު ކަމާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމާއި ގުޅޭhttps://t.co/aQEd7LfDqk#MVIaffairs#Covid19MV pic.twitter.com/G28JfRRjKK
— Ministry of Islamic Affairs (@MVIaffairs) June 30, 2021
ނަމަވެސް މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން މާސްކް އެޅުއްވުމަށާއި، މުސައްލަ ގެންދެވުމަށާއި، އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު