އިންޑިއާގެ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއްބަތަލާ ކަމަށްވާ، ކަރީނާ ކަޕޫރް ކުރިއަށް އޮތް 21 އަހަރުވެސް ބޮލީވުޑާއިއެކުގައި ވުމަށް ތައްޔާރުކަމަށް ބުނެފިއެވެ.

ކަރީނާ މިހެން ބުނެފައިވަނީ ބޮލީވުޑްގައި ކާމިޔާބު 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހިއްސާކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓަކާއިއެކުއެވެ. ކަރީނާ ބުނާގޮތުގައި 21 އަހަރު ވީއިރުވެސް، ކާމިޔާބު ފިލްމީ ތަރިއެއްގެ އުއްމީދު ގެއްލުވާނުލާކަމާއި، އަދިވެސް ކުރާހިތުން މިމަސައްކަތުގައި ދެމިހުންނާނެކަމަށެވެ.

ކަރީނާ ކަޕޫރް ފިލްމީ ދާއިރާއަށް ތައާރަފުވެގެން ދިޔައީ 2000 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު "ރެފިއުޖީ" އިންނެވެ. މިފިލްމުން ކަރީނާއަށް "ބެސްޓް ފީމޭލް ޑެބިއު" އެވަރޑްވެސް ލިބިފައިވެއެވެ.

ރެފިއުޖީއަށް ފަހު ކާމިޔާބު ގިނަ ފިލްމްތަކަކުން ކަރީނާ ފެނިގެން ދިއައެވެ. މީގެ ތެރެއިންވެސް، މުޖެ ކުޗް ކެހެނާހޭ، ޔާދޭން، ކަބީ ހުޝީ ކަބީ ޣަމް، ހަލްޗަލް، ޗުޕްޗުޕްކޭ، ޖަބް ވީމެޓް، ގޯލްމާލް، 3 އިޑިއަޓްސް، އަދި ބޮޑީގާޑް ފަދަ ފިލްމު ތަކަކީ ދެހާހުގެ ކުރީ އަހަރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމުތަކެކެވެ.

ކަރީނާ ވަނީ 2012 ވަނަ އަހަރު ކައިވެނި ކުރުމަށްފަހުވެސް ކާމިޔާބު ރޯލު ތަކަކުން ފެނިގެން ގޮސްފައެވެ. މިގޮތުން ހިންދީ ފިލްމު ތަލާޝް، ބަޖްރަންގީ ބައިޖާން، ކީ އެންޑް ކާ، އަދި ވީރޭ ދީ ވެޑިންގ ގައި ކަރީނާ ކަޕޫރް ކުޅެފައިވާ ސަޅި ރޯލުތައް ފާހަގަކޮށްލެވެއެވެ.

ކަރީނާ ކަޕޫރް ދެން ފެނިގެން ދާނީ މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ހިންދީ ފިލްމު ލާލް ސިންގ ޗައްޑާ އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން