މަޓީގެ ބައެއް މެންބަރުން
މަޓީގެ ބައެއް މެންބަރުން
މަޓީ އިން އިއްޔެ ނެރުނު ބަޔާނަކީ ސަރުކާރުގެ ގައިގާ ކޮޅުފައިން ޖެހުން ކަމުގައި އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް މިއަދު ސިފަކުރައްވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ މަޓީގެ ބޭފުޅުންނާ އެކު އެކި ފަހަރު މަތިން މަޝްވަރާތައް ކުރައްވައި ކަންތައްތަކަކަށް އެއްބަސް ވެސް ވެވުނު ކަމަށެވެ. އަދި މަޓީއާއެކު މަޝްވަރާ ނުކުރާ ކަމަށް ބުނެ ބަޔާން ނެރުމުން ފައްޔާޒު ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވައިފަ އެވެ.

"މަޓީގެ ބޭފުޅުން ކަމަށް ބުނެ އައި ބަޔަކު މީހުން، އެ ޕެކޭޖް (ރިލީފް ޕެކޭޖް) މަދުކަމަށް ވެސް އެމީހުން ފާހަގަކުރި . މަޓީގެ ފަރާތުން އައި ސަޖެސްޝަން 8000 އިން ދަށުގެ މުވައްޒަފުންނަށް މުސާރަ ދޭން. ލޮކްޑައުނުގެ ކުރިން ތިން ފަހަރު ބައްދަލުކުރެވުނު. އިއްޔެ މަޓީން ނެރުނު ބަޔާނާއެކު އެއީ ސީދާ ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުން." ފައްޔާޒް ވިދާޅުވިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަކީ ފަތުރުވެރިކަމުގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ތަމްސީލް ކުރާ ޖަމުޢިއްޔާއެވެ. އެ ޖަމުޢިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ކޯވިޑް-19 އާއި ގުޅިގެން ޓްރަވަލް އިންޑަސްޓްރީއަށް އަމާޒުކޮށް ސަރުކާރުން މިހާރު ތައާރަފްކޮށްފައިވާ، "ރިލީފް ޕެކޭޖް" ކަނޑައެޅުމުގައިވެސް މަޓީއާއި މަޝްވަރާކޮށްފައި ނުވާކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، މަޓީން ހުށަހެޅީ ތިން ކުއާޓަރގެ ކުލި އެފަރާތްތަކަށް ފަސްކޮށްދޭން ކަމަށާއި ސަރުކާރުން ޝަރުތުކުރީ މުވައްޒަފުން ވަޒީފާއިން ނުކަނޑާ ގޮތަށް ދެކުއާޓަރުގެ ކުލި ފަސްކޮށްދެވިދާނެ ކަމަށް ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުން ޝަރުތުކުރި ގޮތަށް ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުން މަޓީ އަށް ބަލައިގަންނަން އުނދަގޫވި ކަމަށާއި، މަޓީން އެންމެފަހުން ފޮނުވި ސިޓީގައި އެދިފައިވަނީ ވަކި ޝަރުތެއްނެތި ހުރިހާ އެންމެންނަށް ރިލީފް ފަންޑުން އެހީ ދިނުމަށް ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މަޓީގެ ނަމުގައި ވަޑައިގެންނެވި ބޭފުޅުންނާއެކު ތިން ފަހަރެއްގެ މަތިން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުން ތަކަށް ވަޑައިގެންނެވި ބޭފުޅުން ތިއްބެވީ ސިފަބަދަލުކޮށްގެން ކަމަށް ވެދާނެ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

"މަޓީގެ ތިވިދާޅުވާ ޕްރެސް ސްޓޭޓްމެންޓް އަޅުގަނޑުވެސް ދެކުނިން. ދެން އަޅުގަނޑަކަށް ނޭނގެ އަޅުގަނޑު އެހެންވީމަ ވާހަކަ ދައްކަމުން މިއޮށްހާ ދުވަހު އެ ދެވުނީ މަޓީގެ ބޭފުޅުން ނޫން ބޭފުޅުންނާހެން އަޅުގަނޑަށް ހީވަނީ މިވީގޮތުން. އަޅުގަނޑު ހީކުރީ މަޓީގެ ބޭފުޅުންނާކަމަށް އަޅުގަނޑަށް ވާހަކަ ދައްކަމުން ދެވުނީ. އެހެން ނަމަވެސް އެބޭފުޅުން އެ ވިދާޅުވީ އެބޭފުޅުންނާ ވާހަކައެއް ނުދައްކައޭ. އެހެންވީމާ އަޅުގަނޑު ޖެހޭނީ ބަލާލަން އެ ވަޑައިގެންނެވި ބޭފުޅުން ސިފަ ބަދަލު ކުރައްވައިގެން ވަޑައިގެންނެވި ބޭފުޅުންތޯ." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ވިޔަފާރިއަށް އެހީވާއިރު އެ އެހީގެ ތެރެއިން ވަޒީފާ ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ މުހިންމު މައިގަނޑު މަގުސަދުކަމަށެވެ. އެހެން ކަމުން އެހީދެވޭނީ އެ ވަޒީފާތައް ރައްކާތެރިކުރުމާއި ގުޅުވައިގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މަޓީގެ ހުށަހެޅުންތަކާއި އެއްކޮށް ސަރުކާރަށް އެއްބަސްވެވޭނެ ކަންކަމާއިއެކު ސިޓީ އެއް ފޮނުވި ކަމަށާއި، އޭގެތެރޭގައި ރިސޯޓްތަކުގެ ކުލިން އެއް ކުއާޓާ ލަސްކޮށްދެވޭނެގޮތަށް ހިމެނުނުކަމަށެވެ. އަދި ބަދަލުގައި 8000 ރުފިޔާއިން ދަށުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ އުނި ނުކުރުމަށާއި އޭގެ މަތިން ބައެއް މުސާރަތަކުގެ ވަކި އިންސައްތައެއް އުނިކުރުމަށް މަޓީން ހުށައަޅާފައިވާ ކަަމަށެވެ. އެހެން ނަމަވެސް އޭޕްރިލް މަހުގެ މުސާރައިން އެއްވެސް އެއްޗެއް އުނިނުކުރުމަށް މަޓީން އަމިއްލަޔައް ހުށަހެޅި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އެކަމާއި ގުޅިގެން މަޝްވަރާތައް ކުރިއަށް ދިޔަކަން މިނިސްޓަރ ފައްޔާޒު ފާހަގަކުރެއްވި އެވެ.

މަޓީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 ގެ ރޯގާބަލިމަޑު ކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ލޮޅުންތަކާއި ކުރިއަށް ލަފާކުރެވޭ ލަފާކުރުންތައް ސަމާލުކަމަށް ގެނައުމަށް ޖަނަވަރީ މަހުގެ ތެރޭގައި އެޖަމިއްޔާއިން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. އެމަސައްކަތް އެގޮތަށް ކުރީ އަވަސް ފިޔަވަޅު ތަކެއް ނާޅައިފިނަމަ ކުރިމަތިވާނެ ގެއްލުންތަކުގެ ބޮޑުކަން އިހުސާސް ކުރެވޭތީ ކަމުގައިވެސް މަޓީގެ ބަޔާނުގައި ވެއެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކަށްވީ ބަނގްރޫޓްވިޔަ ނުދިނުން، ވަޒީފާތައް ދެމެހެއްޓުން، އަލުން ވިޔަފާރި ހިނގައިގަތުމަށްޓަކާ ބޭނުންވާ ފައިސާ ހޯދުން. އަޅުގަނޑުމެން ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައިވާނެ އެކަށޭނަ ވަގުތުގައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް." މަޓީގެ ބަޔާނުގައި ވެއެވެ. މަޓީން މިހުށައެޅުންތައް އެކިއެކި ފޯރަމްތަކުގައާއި މީޓިންގ ތަކުގައާއި އަދި ލިއުމުންވެސް ވާނީ ހުށައަޅާފައި ކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

އޮބްސާރވަރ

08-May-2020

45 އަހަރަށް ދައުލަތުގެ އެންމެ އަގުބޮޑު ރައުސުލްމާލު ކަމަށްވާ ރިސޯޓު ދީގެން މިމީހުން މުއްސަނދިކުރީ ޓެކްސް ނުނަގައި.. 6 ނުވަތަ 8 ރިސޯޓު ލިބި ދުނިޔޭގެ ނިސްބަތުން މުއްސަނދިވީ ދައުލަތުން ރަށްތައް ދިނީމަ ދޯ؟ އެވަރުން ނުވެގެން ރިސޯޓުތައް 99 އަހަށް ވަކި އާއިލާތަކަކަށް ދީގެން ދިވެހީން 99 އަހަރަށް އެ މުއްސަނދި އާއިލާތަކުގެ އަޅުންނަށް ބޭތިއްބުމަށް ނިންމީ ރައިޔަތުންނަށް ހެޔޮ އެދޭ ސަރުކާރުތަކުން ނޫންތޯ؟ އެކަމަކު ދިވެހީން ހާލުގައި ޖެހުނުނީ މިފަހަރު.. އެރިސޯޓުވެރިން ދައުލަތާވެސް ދެކޮޅު..ދިވެހީންނަށް އެމީހުން ގެ ފަރާތުން ލިބުނީ ހުތު ފުރައްސާރަ.. ވަޒީފާ ދޫކޮށް ދޭ ނޫނީ ދިން މުސާރަޔަކަށް ތިބޭ.. ބޭރު ކަރައިން އައި ކުންފުނިތަކަށް ވުރެންވެސް.. ކޮލިގޭ / ޗަންޕާ / ވިލާ / ސަން / ޑިމްސް މިހެންގޮސް ނަން ހުސްކޮށްކިޔަންވީ.! މިހާރު ރިލީފް ލިބެނީވެސް އެމީހުންނަށް އެކަމަކު ލިބޭލެއް މަދުވީ.. މީ ރުޅިވި ކަމަކީ.. ކޮވިޑްފެތުރުނީވެސް މިމީހުންގެ މަންފާއަށް ދައުލަތުން ކަން ކުރަން ހަދައިގެން.. ރިސަވޭޝަން ކެންސަލް ވީމަ، ކޮންޕަންޒޭޝަން ދޭން ޖެހޭތީ.. ދުނިޔޭގެ ގިނަ ގައުތައް ބަންދުކޮށް ރިސޯޓަށް ނާދެވޭ ވަރުވަންދެކަށް ރާޢްޖޭގެ އެއާރޕޯޓު ހުޅުވައި ރިސޯޓުތަކަށް މީހުން ގެނަން ސަރުކާރުން ހުއްދަކޮށްގެން އޮތީ..



ޓްރެންޑިން