ބޮލީވުޑް އަދި ހޮލީވުޑްގެވެސް މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ، އޭނާގެ އިންސްޓްރާމް މެދުވެރިކޮށް ހިއްސާކުރާ ކޮންމެ ޕްރޮމޯޝަނަލް ޕޯސްޓަކުން 30 މިލިއަން ނުވަތަ 3 ކްރޯޑް ރުޕީސް ލިބޭކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އިންސްޓަގްރާމުން ޕްރިޔަންކާއަށް ލިބޭ އާމްދަނީ އާއެކު އިންސްޓަގްރާމްގެ އެންމެ މުއްސަނދިންގެ ލިސްޓުގައިވެސް ޕްރިޔަންކާ ހިމެނިފައިވެއެވެ. މިލިސްޓަކީ އިންސްޓަގްރާމް މެދުވެރިކޮށް އެންމެ ގިނައިން ލާރި ލިބޭ މީހުން ހިމަނައިގެން ހަދާ ލިސްޓެކެވެ. މިއަހަރުގެ މިލިސްޓުގައި ޕްރިޔަންކާ ހިމެނިފައިވަނީ 27 ވަނައިގައެވެ.
ނަމަވެސް މިދިޔަ އަހަރު ޕްރިޔަންކާ އޮތީ އިންސްޓަގްރާމްގެ އެންމެ މުއްސަނދިންގެ ލިސްޓުގެ 19 ވަނައިގަކަމަށްވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޕްރިޔަންކާއާއެކު އިންސްޓަގްރާމްގެ އެންމެ މުއްސަނދިންގެ ލިސްޓުގެ ފުރަތަމަ 30 މީހުންގެ ތެރޭގައި ދެން އިންޑިއާގެ މަޝްހޫރު މީހަކަށް ހިމެނެނީ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޮހްލީއެވެ. ވިރާތު މިލިސްޓުގެ 19 ވަނައިގައި މިއަހަރު އޮތްއިރު، އޭނާގެ އިންސްޓްރާމް މެދުވެރިކޮށް ހިއްސާކުރާ ކޮންމެ ޕްރޮމޯޝަނަލް ޕޯސްޓަކުން 50 މިލިއަން ނުވަތަ 5 ކްރޯޑް ރުޕީސް ލިބޭކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު