ރާއްޖެ މިހާރު މިއޮތް ޙާލަތުގައިވެސް ކޯވިޑް-19 ގައި ރާއްޖެއިން 900 މީހުން މަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައި ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ޑރ. ޝީނާ މިހެން ވިދާޅުވީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރާއްޖެއިން ކޯވިޑް-19 ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލު ފެތުރޭން ފެށިފަހުން ޑރ. ޝީނާ އަންދާޒާ ކުރަށްވާފައިވަނީ، އަޅާނުލައި ދޫކޮށްލައިފި ނަމަ ރާއްޖެއިން ކޯވިޑް-19 ޖެހިގެން 2000 މީހުން މަރުވާނެ ކަމަށެވެ.
ޑރ. ޝީނާގެ އެ އަންދާޒާ މިއަދު ބަދަލު ކުރެއްވީ، ރާއްޖެއިން ކޮވިޑް-19 އާ ގުޅިގެން އަޅަމުން ދާ ފިޔަވަޅުތައް ކުރިއަށް ގެންދާ ގޮތަށް އިޝާރާތް ކުރައްވައެވެ. ޑރ. ޝީނާ ވިދާޅުވީ، ބަލިޖެހޭ ނިސްބަތް ދަށްކޮށް ފެންނަނީ ލޮކްޑައުންގައި އޮތުމުން ކަމަށާއި، އެޗްޕީއޭގެ އިރުޝާދުތައް ރައްޔިތުން އަޑުއަހާތީ ކަމަށެވެ.
ނަމަވެސް ލޮކްޑައުންގެ 14 ދުވަސް ނިމި، އަންނަ ހަފްތާގެ ފަހުކޮޅު ނުވަތަ މެއި މަހުގެ 30 އަދި 31 ގައި ޕީކަށް އަރާނެ ކަމަށް ލަފާ ކުރައްވާ ޑރ. ޝީނާ ހެއްދެވި އަންދާޒާ ބުނަނީ މިހާރު އޮތް ހާލަތުގައި ގޮސް ނިމޭއިރު 900 މީހުން މަރުވާނެ ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ، ގައިދުރުކަން އިހްތިޔާރު ނުކޮށްފިނަމަ 21 ދުވަސް ވާއިރު ރާއްޖޭގައި ފަރުވާ ނުދެވޭ ވަރަށް ބަލި މީހުން ގިނަވެ 2000 މީހުން މަރުވެދާނެ ކަމުގެ އިންޒާރު ޑރ.ޝީނާ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ދެއްވިއެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން އޭގެ ފަހުން މާލޭގައި ކޯވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މަދުވެ، ކުރިން ކޮށްފައިވާ ލަފާކުރުންތަކަށް ވަނީ ބަދަލު އައިސްފައެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާ މީހުންގެ ޖުމްލަ އަކީ 642 އެވެ. އޭގެ ތެރެއިން ދެ މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު