ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭ ނިސްބަތް ވަރަށް މަދު ކަމަށާއި އެކަމާއިމެދު ވަރަށްބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާކަމަށް އެންއީއޯސީ ގެ ކޮންސަލްޓެންޓް ޑރ.ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝީނާ ވިދާޅުވީ ރާއްޖޭގައި އެކަށީގެންވާ ވަރަށް މިހާރު ޓެސްޓް ކުރެވޭނަމަ ކޮންމެ ދުވަހަކު 300 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޓެސްޓް ކުރެވޭލެއް ވަރަށް މަދު. މިހާރު ފެންނަން ޖެހޭނެ 300 އިންފެކްޝަން. އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތަށް ބަލާއިރު ޓެސްޓިން ސްޓްރެޓެޖީ އެބަ ޖެހޭ ބަދަލު ކުރަން. ހުރިހާ ހައި ރިސްކް މީހުން ބަދަލު ކުރަން ކުރިން އޮންނާނީ. އެކަމަކު މިހާރު ޓެސްޓް ކުރަނީ ހަމައެކަނި ހައި ރިސްކް މީހުން އެކަނި." ޑރ.ޝީނާ ވިދާޅުވިއެވެ.

ޑރ.ޝީނާ ވިދާޅުވީ ޓެސްޓް ނުކުރެވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަދި އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

"ޓެސްޓް ނުކުރެވޭތީ އަޅުގަނޑުމެންނަށް ބަލި މީހާ މި ލިބެނީ ވަރަށް ހާލު ބޮޑުވާފަހުން. ހާއްސަކޮށް ހައި ރިސްކް މީހުން. އެހެންވީމަ، ޓެސްޓް ކުރާ އެއްޗެހި ލިބުމުގައި ވެސް ވަރަށް ގިނަ ދަތިތަކެއް އެބަހުރި. އެކަމަކު ޓެސްޓް ކުރެވެން ނެތީމަ އޭގެ މާނައަކީ ސައިލެންޓްކޮށް އެބަ މި ބަލި ސްޕްރެޑްވެއޭ." ޑރ.ޝީނާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޓެސްޓް ކުރާނެ މެޝިން ހޯދަން ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށާއި ނަމަވެސް ރާއްޖެ ކަހަަލަ ގައުމަކަށް މިކަހަލަ އެއްޗެހި ހޯދުން ވަރަށް އުނދަގޫވެފައިިވާ ކަމަށެވެ. "އެ ހޯދަން ވެސް ވަރަށް ގިނަ މަސައްކަތް ވެސް އެބަ ކުރެވޭ. އެ ތަކެތި ލިބެން ހުރި ބަޔަކު ވިއްޔާ އެ މީހުންގެ އަތުން ވެސް އަޅުގަނޑުމެން މިތިބީ ގަންނަން ތައްޔާރަށް." މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް މަބްރޫކް ވިދާޅުވީ ޓެސްޓް ކުރާނެ މެޝިން ހޯދަން ދިމާވެފައިވާ ދައްޗަކީ އެފަދަ ތަކެތީގެ ޑިމާންޑް ބޮޑުވެފައިވުން ކަމަށެވެ. މިހާރު ރާއްޖޭގައި ދުވާލަކު ކުރެވެނީ 300 ވަރަކަށް ޓެސްޓް ކަމަށް މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އަހްމަދު

08-May-2020

ޥެންޓިލޭޓަރ ހޯދުމަށްވުރެން މުޚިއްމު ކަމެއްކަމުގައި ވާއިރު ހީވަނީ ހަމަ ދޭންޖެހޭ ސަމާލުކަން ނުދެވި އޮތީހެން.



ޓްރެންޑިން