ކޮންމެ ކަމެއް ސިޔާސީ ކޮށް ބިރު ނުދެއްކުމަށް ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.
ސަރުކާރުން އެކުލަވާލާފައިވާ ރިލީފް ޕެކޭޖުތަކާ ގުޅޭ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާ އެކުގައި ސަރުކާރުން މަޝްވަރާ ކޮށްފައި ނުވާ ކަމަށްބުނެ އެ ޖަމިއްޔާއިން ސަރުކާރަށް ފާޑު ކިޔައި އިއްޔެ ނެރެފައިވާ ބަޔާނަކީ ސަރުކާރުގެ ގައިގާ ކޮޅުފައިން ޖެހުން ކަމަށް ގަބޫލު ކުރައްވާ ކަމަށް އިޤްތިޞާދީ ވަޒީރު، ފައްޔާޒު އިސްމާއިލް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މިއީ ގައުމަށްޓަކައި ގޮތް ދޫކުރަންވީ ވަގުތު ކަމަށާއި، އަދި މަޝްވަރާކޮށް އިގްތިޞާދީ މާހިރުންނާއި މަޓީ ފަދަ ތަޖުރިބާކާރު ޖަމިއްޔާތަކުގެ ލަފަޔަށް ބަރޯސާވާންވީ ވަގުތު ކަމަށެވެ. އަދި އޭނާ ވަނީ ކޮންމެ ކަމެއް ސިޔާސީ ކުރުމާއި ބިރު ދެއްކުން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ.
މަޓީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ލޮޅުންތަކުގެ ވާހަކަ ސަރުކާރުން ދައްކަނީ ހަގީގަތަށް ބިނާކޮށް ނޫން ކަމަށެވެ. އަދި މިހާރު މިއޮތް ހާލަތުން އަވަސް ފިޔަވަޅުތަކެއް ނާޅައިފި ކަމަށްވާނަމަ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ބަނގުރޫޓުވެގެން ދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ގެއްލުންތަކާއި ގުޅޭ ގޮތުން ތަފާތު އެކި ފޯރަމް ތަކުގައި ސަރުކާރާއި އެކު މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެހެންނަމަވެސް އެކަމުގައި ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް މަޓީގެ ބަޔާނުގައިވެއެވެ.
އެހެންނަމަވެސް މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވީ ސަރުކާރުން ރިލީފް ޕެކޭޖު އެކުލަވާލުމުގެ ކުރިންވެސް މަޓީއާ އެކުގައި މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށާއި އެގޮތުގެ މަތިން ލޮކްޑައުންގެ ކުރިން ތިން ފަހަރެއްގެ މަތިން މަޝްވަރާ ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަޓީގެ ބައެއް ކަމަށް ބުނެ އައި ބަޔަކާ ބައްދަލު ކުރެއްވި ކަމަށާއި އެމީހުންނަކީ މަޓީގެ މީހުން ކަމަށް ނުވާނަމަ އެމީހުން އެއައީ ސިފަ ބަދަލުކޮށްގެން ކަމަށް ވިދާޅުވެ މިނިސްޓަރ ފައްޔާޒު ވަނީ މަޓީއަށް ވަރަށް ބޮޑަށް ހަޖޫ ޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު