މޯލްޑިވްގޭސް ހުޅުމާލެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މޯލްޑިވްގޭހުގެ ޑެލިވަރީ ސްޓާފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު އެޗްޕީއޭގެ ފަރާތުން އޭނާ ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އޭނާއާ ކޮންޓެކްޓެް ވެދާނެކަމަށް ބެލެވޭ ވިއްސަކަށް ސްޓާފުން ވެސް ވަނީ އެކަހެރި ކޮށްފައެވެ.
މިކަމާ ގުޅިގެން އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އަތުވެދާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މަަސައްކަތުގެ ލޯޑަށް ބަދަލެއް ގެންނަން ޖެހޭނަމަ އެކަން އެނގޭނީ އެޗްޕީއޭއިން ޓްރޭސިންގެ މަސައްކަތް ނިމުމުން ކަމަށާއި، މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އައި ނަމަވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ،
މޯލްޑިވް ގޭހުގެ މުވައްޒަފަކު ޕޮޒިޓިވް ވުމާއެކު އެޗްޑީސީއާ ގުޅިގެން އެ ކުންފުނީގެ ޑެލިވަރީ ވެހިކަލްތައް ޑިސްއިންފެކްޓް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު