އިންޑިއާގެ ސިފައިން ކަމަށްބުނެ ދައުރުވަމުން ދިޔަ ފޮޓޯ
އިންޑިއާގެ ސިފައިން ކަމަށްބުނެ ދައުރުވަމުން ދިޔަ ފޮޓޯ
އިންޑިއާ ސިފައިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އިން ފެންނަނީ ބަންގްލަދޭޝަށް ނިސްބަތްވާ ދެ ޑޮކްޓަރުން ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އަސްކަރީ ޔުނީފޯމުގައި ދަބަސްތަކެއް ހިފައިގެން ތިބި ބަޔަކު ހުޅުމާލޭގެ މަގުމަތިން ހިނގާފައިދާ މަންޒަރު ފެނެއެވެ. މި ފޮޓޯތަކާއި ގުޅިގެން އެތައް ބަޔަކު ދަނީ މިއީ އިންޑިއާ ސިފައިން ކަމަށްބުނެ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

މިކަމުގައި ކުރީގެ ވަޒީރުންނާއި، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ގެންދަވަނީ މިއީ އިންޑިއާ ސިފައިންކަމަށް ބުނެ ޓްވީޓް ކުރައްވަމުންނެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މިއީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ރާއްޖެ އައި ބަންގްލަދޭޝް ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ހިމެނޭ ޑޮކްޓަރުން ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ހުޅުމާލޭގައި އެބޭފުޅުންނަށް ހަމަޖައްސާފައިވާ ގެސްޓުހައުސްތަކަށް ދިޔަ މަގުމަތީގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

މި މީހުންނަކީ އިންޑިއާ ސިފައިން ކަމަށްބުނެ މުޅި ސޯޝަލް މިޑިއާގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ފަތުރަމުންދިޔައިރު މިއަދު ވަނީ އިންޑިއާގެ އަސްކަރީ މަނަވަރެއް މާލޭގައި ބަނދަރު ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


17

ނައީމް

08-May-2020

އެއީ ހަމަ އިންޑިއާ ސިފައިން .ނޭނގޭބަޔަކަށް އޮޅުވައިލެވުނަސް އެނގޭ ބަޔަކަށް އޮޅުވައިލާނީ ކިހިނެއް?



ޓްރެންޑިން