ލޮކްޑައުންގެ ހާލަތުގައި ފިހާރަތަކާއި ކެފޭތަކާއި ހޮޓާފަދަ ތަންތަނުން އާންމު ރައްޔިތުންނަށް ބޭނުންވާ މުދަލާއި އެހެނިހެންވެސް ސާމާނު ޑެލިވަރީ ކުރުމުގައި ބޭނުންކުރުމަށް އުގައިލް ފައުންޑޭޝަނުން ތައްޔާރުކޮށްދިން ޒަމާނީ ޑެލިވަރީ ނިޒާމު ރޭ އައްޑޫސިޓީގައި ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އުގައިލް ފައުންޑޭޝަންގެ ބާނީ، ޕްރޮފެސަރ އުގައިލް ވިދާޅުވީ މިނިޒާމަކީ އެންމެ ޒަމާނީ ފަސޭހަތަކާއެކު ފިހާރަތަކާއި ކަސްޓަމަރުންނާއި ގުޅުވައިދޭ މޮބައިލް އެޕްލިކޭޝަނެއް ކަމަށެވެ. މިނިޒާމަކީ ކަސްޓަމަރު ފިހާރައަށް ނުގޮސް ގޭގައި ހުރެގެން ފޯނުން ފިހާރައަށް ވަދެ މުދަލުގެ އަގުބަލައި މުދާ ގަނެ މުދަލަށް ފައިސާ ދައްކާ ހެދުންފަދަ ހުރިހާ ޚިދުމަތްތައް ފޯރުކޮށްދޭ ފަސޭހަ ނިޒާމެކެވެ.
ޕްރޮފެސަރ އުގައިލްގެ އުއްމީދަކީ މުޅި ރާއްޖޭގައި މި ނިޒާމު ގާއިމުކޮށް ރާއްޖޭގެ ރައްޔިތުންނަށް މިހާލަތުގައި ގޭގައި ތިއްބަވައިގެން ފަސޭހަކަމާއެކު ވިޔަފާރިތަކުގެ ޚިދުމަތް ހޯދޭނެ ފަސޭހަ ޒަމާނީ މަގެއް ތަނަވަސް ކޮށްދިނުމެވެ.
އައްޑޫސިޓީގެ އިތުރުން ހުޅުމާލެއަށްވެސް މިފަދަ ނިޒާމެއް ގާއިމު ކޮށްދިނުމުގެ މަސައްކަތް އުގައިލް ފައުންޑޭޝަނުން ކުރަމުން ގެންދާ ކަމަށް ވަނީ މިނޫހަށް މައުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު