އިންޑިއާއިން ދެވަނަ އަންހެނަކު ޖައްވަށް ދިއުމަށް ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝް ސަރަހައްދަށް އުފަން ސިރިޝާ ބަންޑްލާ، ޖައްވުގެ ކަންކަމާ ބެހޭގޮތުން ކުޑައިރުއްސުރެ ޝައުގުވެރިކަން އުފެދުމާއިކު، އޭނާ މަތީތައުލީމު ހާސިލު ކޮށްފައިވަނީވެސް މިދާއިރާއިންނެވެ. އަދި 2015 ވަނައަހަރު އޭނާވަނީ ސްޕޭސްފްލައިޓް ކޮމްްޕެނީއެއްކަމަށްވާ ވަރޖިން ގެލެެކްޓިކް ގައި މަސައްކަތްކުރަން ފަށާފައެވެ.

މަޝްހޫރު ވިޔަފާރިވެރިއާ އަދި ބިލިއަނަރ ރިޗަރޑް ބްރޭންސަންގެ ވަރޖިން ގެލެެކްޓިކްސް އިން މިހިނގާ ޖުލައި މަހުގެ 11 ވަނަ ދުވަހު ޖައްވަށް ކުރާ ޓެސްޓު ފްލައިޓްގައި ކްރޫއެއްގެގޮތުން ސިރިޝާ ބައިވެރިވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ސިރިޝާ ދަތުރުކުރުމަށް ހަމަޖެހިފައިވާ ވަރޖިން ކުންފުނީގެ "ވީއެސްއެސް ޔުނިޓީ" ނަމަކަށް ކިޔުނު މި ސްޕޭސްޕްލޭން ގެ މަގްސަދަކީ ޖައްވަށް ކޮމާޝަލް ދަތުރުތަކެއް ފެށުމެވެ. މިއީ ވީއެސްއެސް ޔުނިޓީގެ 22 ވަނަ ޓެސްޓު ފްލައިޓެވެ. އަދި މިއީ ކްރޫން ގޮވައިގެން ކުރާ 4 ވަނަ ދަތުރެވެ.

ސިރިޝާ ދެކެމުން އައި ފޮނި ހުވަފެންތަކެއްގައި ކުލަޖެހުނުކަން އޭނާގެ މުޅި އާއިލާއިން ފާހަގަކުރަމުންދާއިރު، ސިރިޝާ ވެގެންދާނީ އިންޑިއާއިން ޖައްވަށްދާ ދެވަނަ އަންހެން މީހާއަށެވެ.

އިންޑިއާއިން އެެންމެ ފުރަތަމަ ޖައްވަށް ދިޔަ އަންހެނަކީ ކަލްޕަނާ ޗައުލާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ 2003 ވަނަ އަހަރު ޖައްވުން ދުނިޔެއަށް ދަތުރު ކުރަމުން ދިޔަ ސްޕޭސްޝަޓަލް އަށް ދިމާވި ހާދިސާއަކާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ސާންކޮ

09-Jul-2021

ރާއްޖެ މީހަކައް ތީގެ ފުރުސަތެއްގެ ވަސްވެސް ނުޖެހޭނެ.



ޓްރެންޑިން