ބޮލީވުޑްގައި ގިނަބައެއްގެ މަގުބޫލުކަން ލިބެމުންދިޔަ އާލިއާ ބަޓް ފުރަތަމަ ޕްރޮޑިއުސް ކުރާ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.

"ޑާލިންގްސް" ނަމަކަށް ކިޔާ މި ފިލްމު ޕްރޮޑިއުސް ކުރުމުގައި ހަރަކާތްތެރިވުމުގެ އިތުރުން، ފިލްމުގެ ރޯލަކުންވެސް އާލިއާ ބަޓް ފެނިގެން ދާނެކަމަށްވެއެވެ. އަދި މިފިލްމުގެ ޝޫޓިންވެސް މިހާރު ވަނީ ފަށައިފައެވެ.

މިފިލްމަކީ އާލިއާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމުކަމަށް ވުމުން ފިލްމު ޝޫޓިންގެ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ހާސްވެ ނުތަނަވަސްވެފައި ހުންނަ ކަމަށް އާލިއާ ވަނީ ބުނެފައެވެ.

އާލިއާގެ ޑާލިންގްސް ފިލްމުގެ މަސައްކަތް އިއުލާން ކުރުމާއިއެކު އާލިއާގެ އެތައް ފޭނުންނަކާއި، ރައްޓެހިންނާއި، ބޮލީވުޑްގެ އެކި ތަރިންނާއި ޕްރޮޑިއުސަރުންވެސް ވަނީ މީސްމީޑިއާގައި އޭނާއަށް ތަރުހީބުދޭކަން ހާމަކޮށްފަ އެވެ.

އިންޑިއާގެ ފިލްމީ ދާއިރާއަށް އާލިއާ ބަޓް ތައާރަފް ވެގެންދިއައީ 2012 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަރ" އިންނެވެ. އާލިއާގެ ގިނަ ފިލްމުތަކެއް މިހާރު ރިލީޒްކުރެވިފައިވާއިރު، އާލިއާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2020 ވަނަ އަހަރު ނުކުތް ސަދަކް 2 އިންނެވެ. އާލިއާ ދެން ފެނިގެން ދާނީ މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ހިންދީ ފިލްމް ގަންގުބާއި ކަތިވަޑިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން