ކޯވިޑް-19 އަށް މީހުން ޓެސްޓު ކުރުން އަވަސް ކުރުމަށް ކުރީގެ ހައުސިން މިނިސްޓަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ މިންވަރު ވަރަށް މަދު ކަމަށާއި އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ޑރ.. ޝީނާގެ އެ މި ކަންބޮޑުވުންތަކާއި ގުޅިގެން ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް އެދެނީ އަވަހަށް ޓެސްޓު ކުރުމަށް ކަމަށެވެ. ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ގާބިލުކަން، ފަންނީ މާހިރުން އެދޭ މިންވަރަށް ނުވަތަ، ބައްޔަށް ޝައްކުކުރެވޭ ކޭސްގެ މަދުވެގެން 1000 ޓެސްޓު ހެދޭ ވަރަށް ޓެސްޓް ހެދުން އިތުރު ކުރުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ. އަދި ބަލިފެތެރެމުން ދިޔައިރު ވެސް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގައި ވީ ލަސްކަން ޓެސްޓު ކުރުމުގައި ނުވުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުމާއި އެކު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ސިއްހީ ބައެއް މާހިރުން ދިޔައީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން އެކަން ކޮށްފައި ވަނީ ރާއްޖެއިން ބަލި ފެނި އަދި އެ ބައްޔަށް ދިވެއްސަކު ވެސް ޕޮޒިޓިވްވި ފަހުންނެވެ.
ޑރ. ޝީނާ ރޭ ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 އަށް ގިނައިން ޓެސްޓު ކުރެވޭ ނަމަ ބަލީގެ އަސަރުކޮށްފައިވާ ލައްކައެއްހާ މީހުން ފެންނާނެ ކަމަށެވެ. ޝީނާ އެގޮތަށް ވިދާޅުވީ، އަންނަ ސެޕްޓެމްބަރުމަހާއި ހަމައަށް ލަފާކުރައްވައި ހައްދަވާފައިވާ ހިސާބުތައް ހިއްސާ ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، ޓެސްްޓިން ކެޕޭސިޓީއާއި ޓެސްޓް ކުރެވޭ ނިސްބަތް މަދުވުމުން ބަލީގެ އަސަރުކޮށްފައިވާ މީހުން މިހާރު އެވަރަށް ނުފެންނަނީ ކަމަށެވެ.
ޑރ. ޝީނާ ވަނީ ރާއްޖޭގައި މިހާރު ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ ނިސްބަތް ވަރަށް ބޮޑަށް މަދު ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ޓެސްޓު ކުރެވޭ ނިސްބަތް އިތުރު ކޮށްފި ނަމަ 300 އެއްހާ މީހުން ދުވާލަކު ފެންނަން ޖެހޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ގެންގުޅޭ ޓެސްޓިން ސްޓްރެޓެޖީ ބަދަލު ކުރަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު