ޖަލު އޮފިސަރުންނާއި ޖަލުގައި ބަންދުކޮށްފައިވާ ފަރާތްތައް ކޯވިޑް-19 އަށް ޓެސްޓު ކުރުމުގެ ގޮތުން މާފުށީ ޖަލުގައި ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން، ކޯވިޑް-19 އަށް ތަހުލީލު ކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ގައިދީންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މާފުށީ ޖަލުގައި ކުރިޔަށްދާ ކަމަށެވެ.

މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލެއިން ވެސް އަންނަނީ ރެންޑަމް ސާމްޕަލްތައް ނަގަމުންނެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް މީގެކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ރެންޑަމް ސާމްޕްލިންގެ ތެރެއިން އެކަކު މިހާތަނަށް ޕޮޒިޓިވްވި ނަމަވެސް ކުރިޔަށް އޮތް ތަނުގައި އެ އަދަދު އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.

ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ ބޭނުމަކީ ބަލި ފެތުރިފައިވާ މިންވަރު ބެލުމުގެ އިތުރުން ނުހޯދި ހުރި ކްލަސްޓާތަކާއި، ބަލި އެންމެބޮޑަށް ފެތުރެމުންދާ ސަރަހައްދުތައް ދެނެގަތުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން