ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ މުވައްޒަފުން މިއަދު ފުރި އިންޑިއާ ރައްޔިތުން ފުރުވާ ލުމުގެ މައްސައްކަތުގައި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ މުވައްޒަފުން މިއަދު ފުރި އިންޑިއާ ރައްޔިތުން ފުރުވާ ލުމުގެ މައްސައްކަތުގައި
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ 698 މީހުން ގޮވައިގެން އިންޑިއާގެ އަސްކަރީ މަނަވަރު އައި އެން އެސް ޖަލަޝްވާ މިރޭ މާލޭގެ ބަނދަރުން ފުރައިފި ކަމަށް މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

ކޯވިޑް-19ގެ ސަބަބުން އެކި ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށްޓަކާ "ސަމުންދުރަ ސެޓު"ގެ ނަމުގައި އެގައުމުގެ ކަނޑުގެ ސިފައިން ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ ދަށުން މިރޭ މާލެއިން ފުރި މަނަވަރު ބަނދަރު ކުރާނީ އިންޑިއާގެ ކެރެލާގެ ކޮޗިން ބަނދަރަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ގެންދިއުމަށް މިއަދު ކުރި މަސައްކަތުގައި ވެލާނާއިންޓަރނޭޝަނަލް އެއަރޕޯރޓްގެ މުވައްޒަފުންނާއި ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށާއި ޚާއްޞަ ގޮތެއްގައި ދިވެހި ސަރުކާރުން މިކަމުގައި ވެދިން އެހީތެރިކަމާ އެއްބާރުލުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރުގެ އޮފީހުން ވަނީ އިންޑިއާ ސަރުކާރުގެ ނަމުގައި ދިވެހި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

މިއަދު ފުރުމަށް ހަމަޖެހިފައިވާ މީހުން ފުރަތަމަ ގެންދިއައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެތަނުގައި ފުރިހަމަ ކުރަންޖެހޭ ރަސްމީ ލިޔެކިއުމާ ގުޅުންހުރި ކަންކަން ކުރުމަށްފަހު، ފަސެންޖަރުން ބޯޑުކޮށްފައިވަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން