ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ސަރުކާރާ މަޓީއާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވަނިކޮށް، މަޓީއާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ދިފާޢުގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ސަރުކާރުން އިޢުލާނުކޮށްފައިވާ ރިލީފް ޕެކޭޖަށާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ދިފާޢުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާމެދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސް ހިއްސާދާރުން ތަމްސީލްކުރާ މަޓީން ފާޑުކިޔާފައި ވާތީ، އެއީ މިދަނޑިވަޅުގައި ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުން ކަމަށް ވިދާޅުވެ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ވަނީ މަޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިއްޔެ ވާހަކަ ދައްކަވާފައެވެ.

ސަރުކާރުގެ އިޤްތިޞާދީ ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައިވަނިކޮށް ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވަނީ މަޓީ އާ އަދި އެހެނިހެން ހުރިހާ ފަރާތްތަކެއްގެވެސް ހެޔޮ ލަފައާއި، އިރުޝާދު ސަރުކާރުން ބަލައިގަންނާނެ ކަމަށެވެ.

"ވިޔަފާރިވެރިންނަކީ ޤައުމެއްގެ ތަރައްޤީގެ ބޮޑެތި ހިއްސާދާރުން." ކަމަށް ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

މިނިސްޓަރ ފައްޔާޒް އިސްމާއީލް ރާއްޖޭގެ އެންމެ އިސް ވިޔަފާރިވެރިން އެޖަމިއްޔާއެއްގައި ހިމެނޭ މަޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަދި މަލާމާތުގެ އިބާރާތްތަކުން މުހާތަބު ކުރައްވައި މަޓީއަށް ހަޖޫޖައްސަވާފައި ވާއިރު، މިކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއާއި، ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން ވެސް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީގެ، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޓީއާއި ރައްޖޭގެ ވިޔަފާރިވެރިންގެ ދިފާއުގައި ނުކުންނަވައި ވިދާޅުވީ " އުފެއްދުންތެރިކަން ނުކުންނަނީ މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި، އަދި ޤުދުރަތީ ވަސީލަތްތައް އެކުވީމާ" ކަމަށެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިޤްތިޞާދީ ވަޒީރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކަށް ނިސްބަތްކުރައްވައި ކުޑައިމީސްކޮށް ވާހަކަ ދައްކަވާފައިވާތީ ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14

ރައިޔަތުން އަހުމަދު

09-May-2020

މައްޗެއް ތިރިއެއް ދެންނޯނާނެ.. ދެން އޮންނަނަވާނީ ރައިޔަތުންގެ ބައިވެރިވުން.. ތިބޭފުޅާގެ ވެރިކަމުގައި ނޫންތޯ 99 ރިސޯޓުތައް ވަކި އާއިލާތަކަކަށް ދިނީ ދިވެހީން އެ މުއްސަނދީންގެ ޢުލާމުންނަށް 99 އަހަރު ފަގީރުކޮށް ބައިތިއްބަން ނޫންތޯ..؟ އެމީހުންގެ މުވައްޒަފުން އަބަދު ތަހައްމަލު ކުރާ ޙަޤީޤަތް : ވަޒީފާގެ ބިރު، މުސާކުޑަކުރުން، ދިވެހީންނާއި ބޭރު މީހުންގެ ތަފާތު، މިފަހަރުވެސް ހާލުގަ ޖެހުނުވަގުތު އެދީ ހަމަ އެހެން، ދިން އޮޕްޝަނަކީ؛ ކުޑަމުސާރައިގަރުހިގެން ތިބޭ.. ނޫނީ ކަނޑާލާނީ! ކޮބައިތޯ ދައުލަތުގެ މިފަދަ ރިސޯސްތަކުގެ މަންފާ ދިވެހީންނަށް ލިބިފަ؟ ޓުރިޒަމް ޕްރޮމޯޓުކުރަން ފައިސާ ދެނީ ޓެކްސްފައިސާއިން: އެކަމަކު ކަންމަތީ ފިހާރަ ޕްރޮމޯޝްން ދައުލަތުން ނުކުރޭ: ޓެކްސް ޕޭކުރަނީ އެއްވަރަކަށް. ވީމާ، ރިސޯޓުތަކުގެ %30 ދައުލަތަށް %30 މިހާރު ހިންގާ ފަރާތައް %40 ރައިޔަތުން ދޫކުރާ ޕީއެލްސީ ތަކަށް ހުރިހާ ރިސޯޓު ތައްހަދަންވީ ވަގުތު މިހާރު މިއޮތީ އައިސްފަ! ދިވެހީންގެ ރިސޯޓުތަކުގެ މަންފާ ދިވެހީންނަށް ލިބެންޖެހޭ ކޮންމެވެސް ހިސާބަކުން، މިކަމާއި އެއްބަސްވާ މީހަކު ދެންފަހަރަކު މަޖިލިސް ވޯޓު ހޯދުމަށް އާދޭ.. ޕްރޮޕޯސަޒަލް ހިފައިގެން.. އޭގައި ސޮކޮށްފަ ނޫނީ ދެން ވޯޓެއް ނުދޭނަން.. މީ ރައިޔަތުންގެ ފަހަރު..÷÷ޟ, ޟޑP, ޑޜP, ޛP, ާP އެންމެނަށްވެސް ފުރުސަތު ދެވިއްޔެ. ދެންހެޔޮ..ޕާރޓީއެއްނޫން ރައިޔަތުން މުހިއްމީ މިފަހަރު.. މީ އަހަރުމެންގެ ފަހަރު.. އާދޭ މިދެންނެވިގޮތަށް އެއްބަސްވުން ހަދައިގެން.. ފަހުން އެކަން ނުކޮށްފިނަމަ ކޯޓުގައި ދައުވާ ކުރެވޭނެ ކަމަށް އެއްބަސްވެގެން.. އޭރުން ވޯޓު ލިބޭނީ.

19

ރައިޔަތުން އަހުމަދު

10-May-2020

ޓްރެންޑިން