އާމްދަނީ ދަށްވެ ކުލި ނުދެއްކޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ ދިރާސާއަކަށް މައުލޫމާތު ދިން ގިނަ ބަޔަކު ބުނެފިއެވެ.
ކޯވިޑް-19 އާ ގުޅިގެން އާއްމު އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް މިދިޔަ މަހުގެ ނިޔަލަށް އެޗްއާރްސީއެމުން ވަނީ 33 ކައުންސިލަކާއި 1،091 މީހުން ބައިވެރި ކޮށްގެން ދިރާސާއެއް ހަދާފަަ އެވެ.
އެޗްއާރްސީއެމްގެ މި ދިރާސާއިން ދައްކާ ގޮތުގައި އެދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން މާލީ ދަތިކަމުގެ ސަބަބުން ކުލި ދެއްކޭނެ ފަދަ ހާލަތެއް ނެތުމުގެ ސަބަބުން 25 މީހަކު ގެއިން ނުކުތުމަށް އަންގާފައިވެއެވެ. އަދި ކުލި ނުދެއްކުމުގެ ސަބަބުން 12 މީހަކު ވަނީ ގެއިން ނެރެފައެވެ.
އެޗްއާރްސީއެމްގެ ރިޕޯޓަށް މައުލޫމާތު ދިން 44 ޕަސެންޓު މީހުން އުޅެނީ ކުއްޔަށެވެ. 30 ޕަސެންޓު މީހުންގެ އާމްދަނީ ވަނީ ކޯވިޑް-19 ގެ ސަބަބުން ދަށްވެފައެވެ. އެކަމުގެ ސަބަބުން ކުލި ދެއްކުމަށް އެމީހުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އަދި 17 ޕަސެންޓު މީހުންނަށް ކުލި ދެއްކޭނެ ގޮތެއް ނެތް ކަމަށް ވަނީ ބުނެފައެވެ.
ކޯވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި ގިނަ ބަޔަކަށް ލިބެމުން ދިޔަ އާމްދަނީއަށް ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ. އަދި މި ދަނޑިވަޅުގައި އެޗްއާރުސީއެމް ޙަރަކާތްތެރިވަމުން ނުދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ އެ ކޮމިޝަނަށް ފާޑު ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު