ކޯވިޑް-19 އާ ގުޅިގެން ރަށުގައި އެކަށީގެންވާ ވަރަށް ކާބޯތަކެތި ނެތްކަމަށް 6 ކައުންސިލަކުން ބުނެފިއެވެ.
އެޗްއާރުސީއެން އިން ނެރެފައިވާ ދިރާސާ ރިޕޯޓުގައި ވަނީ މިވަގުތު ބޭނުންވާ ވަރަށް ކާބޯތަކެތި ގޭގައި ނެތްކަމަށް ކޮމިޝަނަށް މަޢުލޫމާތު ޙިއްޞާކުރި 26 އިންސައްތަ މީހުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ރަށުގައި އެކަށީގެންވާ ވަރަށް ކާބޯތަކެތި ނެތްކަމަށް 6 ކައުންސިލަކުން ބުނެފައިވާ ކަމަށްވެސް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވެއެވެ.
ހަމަ އެއާއެކު، އެއް މަސްދުވަހުގެ ކާބޯތަކެތި ރައްކާކުރެވިފައި ރަށުގައި ނުވާކަމަށް ރާއްޖޭގެ ދެބައިކުޅަ އެއްބައި ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި މިހާލަތުގައި ކާބޯތަކެތި ލިބުން ދަތިކަމަށް 3 ކައުންސިލަކުން ވަނީ ފާހަގަކޮށްފަ އެވެ.
ގިނަ ރަށްރަށުގައި ރައްޔިތުންނަށް ވާވަރަށް ބޯފެން ރައްކާކުރެވިފައި ހުރިކަމަށް ކައުންސިލުތަކުން ފާހަގަކުރި ނަމަވެސް 9 ރަށެއްގައި ފެން ރައްކާކުރެވިފައި ނުވާ ކަމަށްވެސް ކައުންސިލްތަކުން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގައި ދިރިއުޅޭ 49 އިންސައްތަ މީހުންނާއި އަތޮޅުތަކުގައި ދިރިއުޅޭ 38 އިންސައްތަ މީހުންނަށް ކާބޯތަކެތި ލިބުމުގައި ދަތިތަކާ ދިމާވެފައިވާއިރު، މާލެ ސަރަޙައްދުގައި ދިރިއުޅޭ 16 އިންސައްތަ މީހުންނާއި އަތޮޅުތަކުގައި ދިރިއުޅޭ 12 އިންސައްތަ މީހުންނަށް ކާބޯތަކެތި ނުލިބޭ ކަމަށް ކޮމިޝަނަށް ވަނީ މަޢުލޫމާތު ހިއްސާ ކޮށްފައެވެ.
އަދި 14 އިންސައްތަ މީހުންނަށް ކާޑުގެ ބާވަތްތައް ޖުމްލަ ގޮތެއްގައި ހޯދުމަށް މިވަގުތު ދަތިވެފައިވާކަން ވެސް ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު