ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ޙާލަތަކީ، ޖިނާއީ ޢަދުލުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ބޭނުންކުރަންވީ ފުރުޞަތެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކުގެ ޝަރީޢަތްތައް ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކުރިމިނަލް ކޯޓުން ނިންމުމުން އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޕީޖީ ޝަމީމް ވަނީ ބަންދުގައި ތިބި މީހުންގެ ޝަރީޢަތްތައް ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކުރިމިނިލް ކޯޓުން ނިންމުމުން އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

އަދި ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ޙާލަތަކީ، ޖިނާއީ ޢަދުލުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ބޭނުންކުރަންވީ ފުރުޞަތެއް ކަމަށް ވިދާޅުވެ، ޕީޖީ ޝަމީމް ވަނީ، އެފުރުޞަތުގެ ބޭނުންކުރުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރެއިން ޕީޖީ ޝަމީމް ފާހަގަކުރެއްވި އެއް ކަމަކީ ޝަރީޢަތްތައް ހަލުއިކޮށް އަވަސްކުރުމެވެ. އެއާއެކު ޝަރީޢަތް ހިންގާ އިޖުރާއާތަކީ މިހާރަށްވުރެ އިތުރަށް ދެފުށްފެންނަ އިޖުރާއާތެއް ކަމުގައި ހެދުމަކީވެސް މިދަނޑިވަޅުގައި ކުރެވޭނެ ކަމެއް ކަމުގައި ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ފާހަގަކުރެއްވި ގޮތުގައި ޖިނާއީ ޢަދުލުގެ ނިޒާމަށް ބުއްދިވެރި ޙައްލުތަކެއް ހޯދުމަށް މިއީ ފުރުޞަތެކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްއަކީ ޖިނާއީ މައްސަލަތަކުގައި، ދައުލަތުގެ ފަރާތުން ޖިނާއީ ދަޢުވާ އުފުއްލަވާ، އަދި އެފަދަ މައްސަލަތަކުގައި ދަޢުލަތް ތަމްސީލް ކުރައްވާ ފަރާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން