ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ވައްކަމާ ފޭރުން ނޫން ކަމެއް ރައްޔިތުންގެ މަޖިލީހުން ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާ މެންބަރު މުޙައްމަދު ނަޝީދު އާދަމް (މޮސްޓާ) ތުހުމަތު ކުރައްވައިފިއެވެ.

މެންބަރު ނަޝީދު މިފަދަ ތުހުމަތެއް ކުރައްވާފައިވަނީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. މޮސްޓާ ވިދާޅުވި ގޮތުގައި މަޖިލިހަށް ބޭނުންވާ އެއްގަމު އުޅަނދުފަހަރު ގަންނަނީ ރައްޔިތުން މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާ މެންބަރު ޙުސައިން ޝަހީމް ގެ އަނދުން ގެއިން ކަމުގައެވެ.

އަދި މިހާރު ހުރި ހުރިހާ ވެހިކަލެއްގެ ސަރވިސް މަސައްކަތް ކުރަނީވެސް އަނދުން ގަރާޖުން ކަމުގައި މޮސްޓާ ތުހުމަތުކުރެއްވިއެވެ.

ހަމައެހެންމެ މަޖިލިހުގެ އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރާއި ލެޕްޓޮޕު ގަތުމުގައިވެސް ކޮރަޕްޝަން އެކުލެވިގެންވާ ކަމުގެ ތުހުމަތު މޮސްޓާ ކުރެއްވިއެވެ.

އެގޮތުން މަޖިލިހުގެ އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރާއި ލެޕްޓޮޕް ފަދަ ސާމާނު ގަންނަނީ ރައްޔިތުން މަޖިލިހުގެ ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބުގެ މަޞްލަޙަތު އެކުލެވޭ މެގަޗިޕުން ކަމަށް މެމްބަރު ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

"ވައްކަމާއި ފޭރުން ނޫން ކަމެއް ނުކުރަނީއޭ." މެމްބަރު ނަޝީދު ވިދާޅުވެފައިވެއެވެ. މޮސްޓާ ވަނީ މި ދެ ކުންފުނި ފިޔަވައި މިކަންކަންކުރާނެ އިތުރު ކުންފުނިތަކެއް ނެތްތޯ ސުވާލުކުރަށްވާފައެވެ.

މެންބަރު ނަޝީދު ކުރައްވާފައިވާ މި ތުހުމަތުތަކަށް ރައްޔިތުންގެ މަޖިލީހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ތިމަންނަ

09-May-2020

ބަލަ! މިއީ މަހަލްދީބޭ , މިތަނުގައި އޮންނާނީ ' ދަޓް މޭން ދަޓްމޭން " ގެ އުސޫލުން ވެހޭތާ ފެން ނެގުމެވެ.



ޓްރެންޑިން