ސަރުކާރު މުވައްޒަފުންގެ މުސާރަ ކެޕް ކުރުމުގައި ސަރުކާރުން ގެންގުޅޭ މިންގަނޑުގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނަކަން ހާމަވެއްޖެއެވެ.
ސަރުކާރުން އިއްޔެވަނީ ކޯވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ދަޢުލަތުން މުސާރަދޭ މުވައްޒަފުންގެ އަސާސީ މުސާރައަށް ބަދަލު ގެނަސް މުސާރަ ކެޕް ކުރާނެ ކަމަށް ބުނެފައެވެ.
ސަރުކާރު މުވައްޒަފުންގެ އެންމެ ބޮޑު ބައެއް ޙިއްސާކުރާ ސިވިލްސާވިސްގެ އެންމެ ބޮޑު މުސާރަ ލިބޭ ޕާމަނަންޓް ސެކްރެޓަރީންފިޔަވާ އިތުރު އެއްވެސް ސިވިލްސާވިސް މުވައްޒަފަކު މި އުނިކުރެވޭ މުސާރައިގެ މިންކުރުމުގެ ތެރެއަށް ނުފެތޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިހެންކަމުން ސަރުކާރުން އެޅި މިފިޔަވަޅުގެ އަސަރު ސިވިސްސަރވިސްގައި ވަޒީފާއަދާކުރާ ޢާއްމު މުވައްޒަފުންނަކަށް ނުކުރާނެއެވެ.
މީގެއިތުރުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެނަސް އެފަރާތްތަކަށް އިތުރު އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ސަރުކާރުން އެންމެ އާދައިގެ މުސާރަތައް ލިބޭ މުވައްޒަފުންގެ މުސާރައިން އެއްވެސް މިންވަރެއް މިހާތަނަށްވެސް އުނިނުކޮށް ފުރަތަމަ މުސާރަ އުނިކޮށްފައި ވަނީ ސިޔާސީ މަޤާމްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިންނެވެ.
މިގޮތުން މިއަހަރުގެ މާޗް މަހުން ފެށިގެން މިދެންނެވި ފަރާތްތަކުގެ މުސާރައިން ވަނީ 20 ޕަސެންޓް އުނިކޮށްފައެވެ.
އިއްޔެ ދަޢުލަތުގެ މާލީ ވަޒީރު އިޢުލާން ކުރަށްވާފައިވަނީ، ސިޔާސީ މަޤާމްތަކާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިން އަދިވެސް މިންވަރެއް އުނިވާނެ ކަމަށެވެ. އެގޮތުން އެފަދަ މަޤާމްތަކުގެ މުސާރަތަކުން 30 ޕަސެންޓާއި 35 ޕަސެންޓާއި ދެމެދުގެ އަދަދެއް އުނިކުރާނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު