ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ތަފާތު ކުރުމެއް ނެތި ހަރުކަށި ފިޔަވަޅު އަޅައި، އަދަބު ދިނުމުގައި ފަސްނުޖެހުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިފަދަ މައްސަލަތަކުގައި އަދަބު ދިނުމުގައި ފަސް ނުޖެހުމަށާއި، އަދި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ސަރުކާރާއި، މުއައްސަސާތަކާއި، އާއިލާ ތަކާއި، މުޅި މުޖުތަމައުގެ ޒިންމާ ވަރަށް ބޮޑު ކަަމަށެވެ.
ކުޑަ ކުއްޖަކާއި އެއް ޖިންސުން ގުޅުން ހިންގަނިކޮށް ރޭގެ ވަގުތެއްގައި ވަނީ މީހަކު ހައްޔަރުކޮށް ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ ޢަމަލަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވަނީ ހއ. އަތޮޅުގެ ރަށަކުންނެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުން ބުނެފައިވަނީ އުުރުން 53 އަހަރުގެ މީހަކު އަތުލައިގެންފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށެވެ. އެރަށުން އޭނާ އަތުލައިގަތީ ގެއެއްގެ ތެރޭގައި އެކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮށެވެ. އެއްޖިންސުން ގުޅުން ހިންގަނިކޮށް އަތުލައިގެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ކަމަށް ބުނާ ވިޑިއޯއެއް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ ދަރުވަމުންނެވެ.
ރާއްޖޭގައި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވަމުން އަންނައިރު، ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މަދުކޮށް، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު