މާލެ ލޮޮޮޮޮޮޮޮޮކްޑައުންގައި ޚިދުމަތް ދިނުމަށް ހުއްދަ ނަގާފައިވާ ބައެއް ފަރާތްތަކުން ޚިދުމަތް ނުދޭ މައްސަލަ ވަނީ ފެންމަތިވެފައި (ރަސް ފޮޓޯ- ޝާހް)
މާލެ ލޮޮޮޮޮޮޮޮޮކްޑައުންގައި ޚިދުމަތް ދިނުމަށް ހުއްދަ ނަގާފައިވާ ބައެއް ފަރާތްތަކުން ޚިދުމަތް ނުދޭ މައްސަލަ ވަނީ ފެންމަތިވެފައި (ރަސް ފޮޓޯ- ޝާހް)
ލޮކްޑައުންގެ މުއްދަތުގައި ޚިދުމަތްދިނުމަށް ހުއްދަ ދޫކޮށްފައިވާ ބައެއް ފިހާރަތައް ނުހުޅުވާ މައްސަލަ ފެންމަތިވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުއްދައަށް އެދުމުން، އެ ހުއްދަ ދޫކޮށްފައިވާ ބައެއް ފިހާރަތަކުން ޚިދުމަތް ދެމުން ނުދާނަމަ އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން ފާއިތުވެދިޔަ ދުވަސްތަކުގައި، ހުއްދަ ދޫކޮށްގެން ހިންގާ ބައެއް ފިހާރަތަކުގައި، ހުއްދަ ލިބިފައިވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ގެންގުޅޭ މައްސަލަވެސް ފާހަގަކުރެވިފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެފަދަ ވިޔަފާރިތަކާއި މެދުވެސް ކުރިޔަށް އޮތްތަނުގައި ފިޔަވަޅުއަޅާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ވިޔަފާރި ކުރުމަށް ދީފައިވާ ހުއްދަ އާއި އެއްގޮތަށް އަމަލުނުކޮށް ޤަވާއިދާ ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައި ވީނަމަވެސް، އެފަރާތްތަކާއި މެދު އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މާލެ ޒޯންތަކަކަށް ބަހާލައިގެން އާންމުންނަށް ފިހާރަތަކަށް ދެވޭ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް، ގިނަ ފިހާރަތައް ހުންނަނީ ބަންދު ކޮށްފައެވެ. ނުވަތަ ހުޅުވާފައި ހުންނަ ފިހާރައެއްގައިވެސް ބޭނުންވާ ތަކެތި ނުހުރުމާއި، ބައެއް ފިހާރަތަކަށް ވިޔަފާރި ކުރަން ދާ މީހާ ނުވެއްދުންފަދަ ކިތަންމެ މައްސަލަތަކެއް ދަނީ ފާހަގަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


14

ފަރީދު

09-May-2020

ފިޔަވަޅު އަޅާ ވާހަކަ ބުނަނީ ބިރު ގަންނަވަންތަ?



ޓްރެންޑިން