ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ސަރުކާރުތަކުން ޖެހިފައި ނެތިއްޔާ ޕެންޝަން ފަނޑުގައި ފައިސާ ހުންނާނެ ކަމަށާއި މިއަށްވުރެ ބޮޑަށް އޭގެ ބޭނުން ޖެހުނު ދުވަހެއް ނާންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ، މިޙާލަތުގައި ޕެންޝަން ފަންޑުން ފައިސާ ދޫކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މިގޮތަށް ވިދާޅުވިއިރު ބައެއް ފަރާތްތަކުން ދަނީ އާމްދަނީ ހުއްޓި އަތްމަތި ދަތިވެ ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް ނުކުޅެދިފައިވާ މިފަދަ ދަނޑިވަޅެއްގައި ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ކޮންމެވެސް މިންވަރެއް ނަމަވެސް ލިބޭނެ ގޮތް ހަދައިދޭން ސަރުކާރަށް ގޮވާކަމުންނެވެ.

މިނިސްޓަރގެ މިނިންމެވުމާއި ގުޅިގެން ރީކޯ މޫސަ ކުރަށްވާފައިވާ ޓްވީޓެއްގައި ވަނީ، ކޮރޯނާގެ މި ޙާލަތަކީ، ޕެންޝަން ޤާނޫނު ހެދިއިރު ހިތަށްވެސް ނުގެނެވޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުތަކުން ޖެހިފައި ނެތިއްޔާ ޕެންޝަން ފަންޑުގައި ފައިސާ ހުންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"ރައްޔިތުމީހާ އަށް މުހިއްމުވާ ދުވަހު އޭނާއަށް އޭގެ ބޭނުން ކުރުމަށްޓަކާ، އޭނާގެ މުސާރައިން އޭނަ ރައްކާކުރި ފައިސާ މިއަށްވުރެ ބޮޑަށް ބޭނުން ޖެހުނު ދުވަހެއް އަދި ނާދޭ." މޫސަ ވިދާޅުވިއެވެ.

މޫސަގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީނުގެ ސަރުކާރުގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ޕެންޝަން ފަންޑުން ފައިސާ ދޫކުރުމަށް ގޮވާލާފައެވެ.

ސަޢީދު ވިދާޅުވީ، "ޕެންޝަން ފަންޑުގެ ބޭނުންޖެހިގެން އުޅެނީ އޭގެ ހައްގުވެރިން. ވަޒީފާ ގެއްލި ނިކަމެތިވި އެތައްހާސް އާއިލާއިން. އެއާއިލާތަކަށް ގޭކުލިނުދެއްކި ކެއިންބުއިމަށް ދަތިވާތީ. ރިޓަޔަމަންޓުގެ ކުރިޔަށް މިހާލަތު އިސްވާނެކަން މާބޮޑު ދިރާސާއެއް ނުކުރިޔަސް ކަށަވަރުވާނެ." ކަމަށެވެ.

މޫސަ އާއި ސަޢީދު މިގޮތަށް ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ވަޒީރު ފައްޔާޒް ވިދާޅުވީ، ޕެންޝަން ފެންޑަކީ އެ މީހާ ލާ އެއްޗަކާއި އެ މީހާ އަށް ވަޒީފާ ދޭ ފަރާތުން ލާ އެއްޗަކާއެކު އިންވެސްޓް ކުރެވޭ އެއްޗެއް ކަަމަށެވެ.

"އިންވެސްޓް ކުރުމުގެ މާނައަކީ ކޭޝް ގޮތުގައި ހުންނަ އެއްޗެއް ނޫން ފަންޑެއްގައި ބޭންކް އެކައުންޓެއްގައި، ޕެންޝަން އޮފީހުން އޭތި އެކިއެކި ކަންކަމުގައި އިންވެސްޓް ކޮށްގެން އޭގެން އިތުރަށް މި ހޯދަނީ ރިޓަޔާމެންޓް އުމުރަށް މީހުން ދިޔައީމަ އެ އެންމެންނަށް އެ ދޭން ވާ އެތި ދެވޭނެ ގޮތަކަށް އިތުރުކޮށްގެން ހޯދުން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ޕެންޝަން ފަންޑަކީ ކަމެއް ޖެހޭ އިރަށް އަތް ލާން އޮންނަ އެއްޗެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


11

ސސ

11-May-2020

އެތާކުވެސް އެއްޗެއް ނެތިގެންތާ މިއުޅެނީ ހުރިނަމަ މިހާރު މިއުޅޭ ގޮތަކަށް ދެއިރު މުސާރަ ކޮޅު އުނިކުރަން ނުޖެހޭނެތާ ?


6

ރަންނަ

10-May-2020

ރީކޯ ޕެންޝަން ފަންޑް މަސައްކަތް ކުރާގޮތް ނޭގިހުރެ މަޖުލީހުގަ އެގާނޫނަށް ވޯޓް ދިންކަން އެއީ ވަރަށް ލަދުވެތިކަމެއް. އަނެއްގޮތަކީ ވާނުވާ އެގިހުރެ ފިތުނައުފައްދަން ތިކަހަލަ ވާހަކަ ދެއްކުން. ކޮންމެއަކަސް ވަރަށް ޒިންމާދާރުކަން ކުޑަ


1

ފަންޑު

10-May-2020

ޕެންޝަން ފަންޑްގައިވާ ހުރިހާ ފައިސާ އިންވެސްޓް ކުރި ކަމެއް ނުދެނެހުރިން. އަހަރެމެން ރައްކާ ކުރި އެއްޗަކުން އިންވެސްޓް ކުރެވިފައި ވަނީ ކިހާ އަދަދެއް ކަން އިނގެން އެބަހުރި. އަދި ކުރެވުނު އިންވެސްޓްމެންޓް އިން ފައިދާގެ ގޮތުގައި ލިބުނު ވަރު ވެސް އިނގެން އެބަހުރި. ފަންޑްގައި ބޭނުންކުރެވެން ހުރިވަރު ވެސް ފެންޝަން އޮފީހުން ބެލޭނެ ގޮތްވަނީ ހަދާފައި. ފައްޔާޒު ބޮޑު އޮޅުވާލުމެއް ތިޔައީ. ތިޔަ ވިދާޅުވާ ގޮތައް ޕެންޝަން ފަންޑް އަށް ޖަމާ ކުރެވޭ ހުރިހާ ފައިސާ އަކީ އިންވެސްޓްމެންޓް އެއް ނޫން. ތޔަ ބުނާގޮތައް މިސާލަކަށް ހުރިހާ ފައިސާއެއް އިންވެސްޓް ކޮށްގެން ކުރެވުނު އިންވެސްޓްމެންޓް އަކީ ގެއްލުމަކަށް ވާނަމަ ދިވެހި ރައްޔިތުންގެ ޕެންޝަން ފައިސާ އެކީ ގެއްލުނީތާ ދޯ


8

ބިޖޫ

09-May-2020

ތިހެންވިއްޔާ ތިފައިސާތައް ފައްޔާޒް ފެނާނުލާ ދިރުވާލަންވީނު ި. ތިޔައްކިޔާއުޅެނީ ފޭރުން


10

ފަރީދު

09-May-2020

65 ވިއަސް އެފައިސާއެއް ނުލިބޭ.14 އަހަރަށް ބަހަލައިގެން ކީއްކުރަން ދޭ އެއްޗެއް.65 ވީމަ އެފައިސާ އެ މީހަކަށް އެއްފަހަރާ ލިބިގެން އެއްވެސް ކަމެއް ކުރެވޭނީ. މޫސައަކަށް މަޖިލީހުގައި އުޅުނު އިރު އެ ކަމަށް ޤާނޫނެއް ހަދާކަށް ނުކެރުނު.މިހާރު ކޮން ވާހަކައެއް.



ޓްރެންޑިން