ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީީީއެެމްއެޗް (ރަސް ފޮޓޯ- ޝާހް)
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީީީއެެމްއެޗް (ރަސް ފޮޓޯ- ޝާހް)
އައިޖީއެމްއެޗުގައި ވިހަން އެޑްމިޓް ކޮށްފައި އޮތް މާބަނޑު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެމީހާއާ ބައްދަލުވި އެ ހޮސްޕިޓަލުގެ 14 މުވައްޒަފަކު ކަރަންޓީނަށް ގެންދަން ނިންމައިފިއެވެ.

އެ މާބަނޑު މީހާއާ ކޮންޓެކްޓު ވެގެން އައިޖީއެމްއެޗުގެ 15 މުވައްޒަފަކު،ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ގެންދަނީ ކުރަމުންނެވެ. މިވަގުތު އެ މުވައްޒަފުން ގޭގައި މަޑުކޮށްގެން ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެންގުމުން އެމީހުން ތިބީ ގޭގައެވެ.

އެނގިފައިވާ ގޮތުގައި މި މީހުންގެ އެއް ސާމްޕަލްވެސް ވަނީ ނަގާފައެވެ. އަދި 2 ވަނަ ސާމްޕަލެއް ނަގާނެ ކަމަށާ ނަމަވެސް މިވަގުތަށް 14 ދުވަހުގެ ކަރަންޓީނަށް ގެންދާކަން އެ މީހުންނަށް އަންގާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މާބަނޑު މީހާ ޕޮޒިޓިވް ވީ މިދިޔަ ބުދަ ދުވަހުއެވެ. މިއީ ދުވަސް ފުރާ ވިހަން ކައިރިވެފައި ހުރި މީހަކު ރާއްޖެއިން ބައްޔަށް ޕޮަޒިޓިވްވިކަން އެނގުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާގެ ހާލަތު ރަނގަޅު ކަމަށެވެ. މާބަނޑު މީހާ ޕޮޒިޓިވްކަން އެނގުމުން މިހާރު ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން