ޔޫތު މިނިސްޓަރ މަހުލޫފް (މ) ކަމާބެހޭ ފަރާތްތަކާއެކު
ޔޫތު މިނިސްޓަރ މަހުލޫފް (މ) ކަމާބެހޭ ފަރާތްތަކާއެކު
ކޯވިޑް-19 އާ ގުޅިގެން ގުޅީފަޅަށް ބަދަލުކުރި ބިދޭސީންގެ ދުޅަހެޔޮކަމަށާއި މުނިފޫހި ފިލުވަން ޕްރޮގްރާމްތަކެއް ފެށުމަށް ނިންމައިފިއެވެ.

ގުޅީފަޅު ކަރަންޓީން ފެސިލިޓީއަށް ބަދަލު ކޮށްފައިވާ ބިދޭސީންނަށް ހާއްސަކޮށް ޕްރޮގްރާމް ތަކެއް ހިންގުމުގެ މަސައްކަތްތައް ފެށުމުގެ ގޮތުން، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ވަނީ ގުޅީފަޅު ކަރަންޓީން ފެސިލިޓީ އަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގުޅީފަޅު ކަރަންޓީން ފެސިލިޓީއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިންނަށް ސައިކޯ ސޯޝަލް ޕްރޮގްރާމަކާއި، މުނިފޫހިފިލުވުމުގެ ޕްރޮގްރާތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް، ޔޫތު މިނިސްޓްރީއާއި، ޑިފެންސް މިނިސްޓްރީ ގުޅިގެން، ކުރަމުން އަންނަ ކަމަށެވެ.

ބިދޭސީީންނަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ދެ މިނިސްޓްރީގެ އިސްބޭފުޅުން ވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގައި އެތައް ހާސް ބިދޭސީންނެއް ދިރިއުޅެމުން އަންނައިރު މީގެ ތެރެއިން ގިނަ ބަޔަކު އުޅެމުން އަންނަނީ ތޮއްޖެހިގެންނެވެ. އެކަމުގެ ސަބަބުން ކޯވިޑް-19 އިން ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ބިދޭސީންނަށް ހާއްސަ ކަރަންޓީން ފެސިލިޓީތަކެއް ގާއިމްކޮށްފަ އެވެ.

އެގޮތުން ގުޅީފަޅުގައި 665 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 700 އެއްހާ ބިދޭސީންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ވަނީ ގާއިމް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


6

ވައްޑޭ

12-May-2020

މުސްކުޅިޔަސް ރަނގަޅުވާނެ އަންހެނެވިއްޔާ އިންޓަނެޓު ހިލޭ ހެޑުސެޓެއް ރާކެއްކޭނެގޮތް ވައްކަން ކުރެވޭނެ ގޮތެއް ޅަފިރިހެން ކުއްޖެއް އޭރުން ފޫހިފިލާނެ


4

ާުއިބޫ

10-May-2020

ދިވެހި އަންހެނުންގެންގޮސްދީ އަދި ރާކެއްކޭނެގޮތް ހަދާދީ އޭރުން ތިކަން ހައްލުވީ


3

ާުއިބޫ

10-May-2020

ދިވެހި އަންހެނުންގެންގޮސްދީ އަދި ރާކެއްކޭނެގޮތް ހަދާދީ އޭރުން ތިކަން ހައްލުވީ


3

ާުއިބޫ

10-May-2020

ދިވެހި އަންހެނުންގެންގޮސްދީ އަދި ރާކެއްކޭނެގޮތް ހަދާދީ އޭރުން ތިކަން ހައްލުވީ


15

ދަވާލި19

10-May-2020

މިރާއްޖޭގެ ސަރުކާރުން ނޫނީ ބީދޭސީންނާ އަޅައިގަނެގެން ނެއްޓެން ނޭގިގެން ނޫންނަމަ ނެއްޓެން ބޭނުން ނުވެގެން ގައުމުގެ ރައްޔިތުން ވީހާލެއްގަވާން ދޫކޮށްކެން އުޅޭ ސަރުކާރެއް ނެއް މީދެން ކިހާ ބޮޑު މުސީބާތެއް


0

ކޑ

09-May-2020

ޙުރިހާ ހަރަދެއް ބިދޭސީން ނަށްކޮއް, ދިވެހިންގެ ހައްގުގައި އިގްތިސޯދު ކުރައްވަވާ



ޓްރެންޑިން