ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތުގައި އުޅޭ މީހެއް ކަމަށް ބުނެ ކޯވިޑް-19ގެ ފްރަންޓްލައިންގައި އުޅޭ މީހުން އަޅާ ކަހަލަ ޕީޕީއީ އެއްގައި ހުރި މީހަކު މާލޭގެ ގެއަކަށް ވަދެ ވައްކަން ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއީ ގައި ހުރި މިމީހާ ޑިސްއިންފެކްޓް ކުރުމުގެ ނަމުގައި ވަދެ ވަންކަން ކޮށްފައިވަނީ މައްޗަންގޮޅީ ނައިޓް ވިލާއިންނެވެ. އެމީހާ އެގެއިން ވަގަށް ނަގާފައިވަނީ މޯބައިލް ފޯނެއް ކަމަށް އެނގިފައި ވެއެވެ.

މި މީހާ ޕީޕީއީގައި ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ވަނީ ޝެއަރކޮށްފައެވެ.

މާލެ ލޮކްޑައުންގެ ހާލަތުގައި މިހާރު އޮތްއިރު، އަދި އާންމުން ގެއިން ނުކުމެ މަގުމަތީގައި އުޅުން މަނާކޮށްފައިވާ މިދުވަސްކޮޅު މާލޭގައި މިފަދަ ވައްކަމުގެ ހާދިސާތައް ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރެއެވެ.

ސިނަމާލެ ބްރިޖްމަތީގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަން މަޖުބޫރުކޮށް ހެލްމެޓް އަޅައިގެން ސައިކަލް ދުއްވުން ތަޢާރަފު ކުރި ދުވަސް ވަރު ހެލްމެޓް އަޅައިގެން ވަދެ ފިހާރަތަކުން ވައްކަންކޮށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބެ މަގުމަތީން މީހުން ފޭރުމުގެ ހާދިސާތައް ވަރަށް ގިނައިން ހިނގާފައި ވެއެވެ. މިކަމާ ގުޅިގެން ފިހާރަތަކާއި އޮފީސް ފަދަ ތަންތަނަށް ވަންނައިރު ހެލްމެޓް އަޅައިގެން ވަނުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން