ﷲގެ ހިދާޔަތަކީ ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތް ކަމަށް ބުނެ، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސުޢާދު ޢަބުދުއްރަޙީމް (ޒިޕްސް) މިޔުޒިކާއި ދުރަށް ދިޔަކަން ހާމަކޮށްފިއެވެ.
އޭނާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އާންމުންނަށް ދިން މެސެޖުގައި ސުޢާދު ބުނީ "ﷲގެ ހިދާޔަތަކީ ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތް ކަމަށާއި އެ ނަސީބު އެންމެ ހެޔޮގޮތުގައި ހިފުމަށް ގަދައަޅާ މަސައްކަތް ކުރުމުގެ ތައުފީގު މިންވަރު ކުރެއްވުން އެދި ދުޢާ ކުރާ" ކަމަށެވެ.
ސުޢާދު ވަނީ އެއްވެސް މީހަކާއި މެދު ނާއިންސާފުން ކަމެއް ކުރެވި ނުވަތަ ބަހެއް ބުނެވިފައިވާނަމަ އެމީހެއްގެ ކިބައިން މަޢާފަށް އެދިފައެވެ.
"މިއަދާއި ހަމަޔަށް އަޅުގަނޑަށް އެއްވެސް ބޭފުޅަކަށް ނާއިންސާފުން ކަމެއް ނުވަތަ ބަހެއް ބުނެވިފައިވާ ނަމަ ނިހާޔަތަށް މަޢާފަށް އެދެން،" ސުއާދުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ސުޢާދުގެ މިޔުޒިކީ ޙަޔާތުގެ ޚަބަރުތަކާއި މަޢުލޫމާތު ގެނެސްދިނުމަށް އޭނާ ބޭނުން ކުރަމުން ދިޔަ ފޭސްބުކް ޕޭޖްގެ ކުރީގެ ޕޯސްޓްތައް ޑިލީޓްކޮށް، އޭނާ ވަނީ އެ ޕޭޖް މެދުވެރިކޮށް ދީނީ މަޢުލޫމާތު ހިއްސާ ކުރަން ފަށާފައެވެ.
ސުއާދު ވަނީ ރާއްޖޭގައި ރެޕް މިއުޒިކްގައި އެންމެ މަޝްހޫރު ދެ ބޭންޑްކަމަށްވާ ސިމްބޮލިކް ރެކޯޑްސްއާއި ބީޓްލޮޖީގައި ވެސް މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު