ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން- ވެންޓިލޭޓަރތައް އަންނާނެ ވަރަށް ގިނަ ތަފާތު ތާރީޚުތައް ވަނީ ދެއްވާފައި
ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން- ވެންޓިލޭޓަރތައް އަންނާނެ ވަރަށް ގިނަ ތަފާތު ތާރީޚުތައް ވަނީ ދެއްވާފައި
ކޯވިޑް-19 އަށް ދުރާލާ ތައްޔާރު ވުމުގެ ގޮތުން ހެލްތު މިނިސްޓްރީން ވަރަށް އަވަހަށް ރާއްޖެ ގެންނަން އެކިފަރާތްތަކާ ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 18 އައިސީޔޫ ވެންޓިލޭޓަރ މިހިނގާ މެއި މަހުގެ 10 ވަނަ ދުވަހު ސްރީލަންކަން އެއަރލައިންސްގެ ފްލައިޓަކަށްލާނެ ކަމަށް ބުނެފިއެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖާގައިގެ ދަތިކަމާ ހުރެ މިއަދު އެތަކެތި ރާއްޖެ ގެންނަ ގޮތަށް ހަމަޖައްސާފައި އޮތް މަތިންދާ ބޯޓުގައި ނުގެނެވުނީ ކަމަށެވެ.

އެކަމަކު މިމަހުގެ 10 ވަނަ ދުވަހު ދަތުރުކުރާ ސްރީލަންކަން އެއަރލައިންސް ގެ ފްލައިޓަށް މި 18 ވެންޓިލޭޓަރު އަރުވަން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގައި ފިރާގު ވިދާޅުވެފައި ވެއެވެ. ފިރާގު ވިދާޅުވީ ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ގައުމާއި އެކުގައި ދެމިހުންނަވާނެ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެނައުމަށް ތިން ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އެއީ މެޑް ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ނާޑް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން ކުންފުންޏެވެ. މިމަހުގެ 10 ގައި ބޯޓަށް އަރުވާނެ ކަމަށް ބުނާ 18 ވެންޓިލޭޓަރަކީ މެޑްޓެކް މޯލްޑިވްސްއިން ގެންނަ ވެންޓިލޭޓަރ ކަމަށް ފިރާގު ވިދާޅުވެފައި ވެއެވެ.

ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުން ލަސްވަމުން އަންނަ ސަބަބު ބަޔާންކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް 18 ވެންޓިލޭޓަރެއް ގެނެވޭނެ ކަމަށާއި އަދި އިތުރު 10 ވެންޓިލޭޓަރެއް މިމަހުގެ 15 ގައި ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

މީގެ އިތުރުން ނާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 20 ވެންޓިލޭޓަރު އުފެއްދުން ލަސްވެފައިވާތީ އެހެން ގޮތެއް ހޯދަމުން އަންނަކަމަށް 22 އޭޕްރިލްގައި އަންގާފައިވާކަމަށް ވެސް ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އަމީން ދެއްވި މައުލޫމާތުގައިވެއެވެ.

މީގެއިތުރުން އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެނައުމަށް ހަމަޖައްސާފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު އެކެއް މޭގައި ގެނެވޭނެކަމަށް އަންގާފައިވާކަމަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން